ކުމުންދޫގައި ހަލުވިކަމާއެކު ފާނަބަސަންދު ފެތުރެނީ

ހދ. ކުމުންދޫ-- ފޮޓޯ: ކުޅުދުއްފުށީ އޮންލައިން

ހދ ކުމުންދޫގައި ހަލުވިކަމާއެކު ފާނަބަސަންދު ފެތުރެމުން އެބަދެ އެެވެ.

ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދު މިއަދު "ސަން" އަށް ވިދާޅުވީ ފާނަބަަސަންދު އެރަށުގައި މިހާރު ފެތުރެމުންދާތާ ތިން ހަފްތާ ވަރު ވެދާނެ ކަމަށެެވެ.

"މިހާރު ގިނަ ބަޔަކު ވެކްސިން ޖަހަމުންދަނީ. އެކަމަކު ރަށުގައި ހުންނަ ފާމަސީން އެކަށީގެންވާ ވަރަށް ވެކްސިން ނުލިބޭ." އޭނާ ވިދާޅުވި އެެވެ.

ކުމުންދޫއަކީ 1100 އެއްހާ މީހުން ދިރިއުޅޭ ރަށެކެވެ.

ފާނަބަސަންދަކީ ވަރަށް ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔެކެެވެ. ބަލިޖެހުމުން ގައިގައި ބިހިތަކެއް ނަގައި ހުން އާދެ އެެވެ.

އެ ބަލި ފަސޭހަވާން ގާތްގަނޑަކަށް 20 އަކަށް ދުވަސް އާންމުކޮށް ނަގަ އެެވެ.

comment ކޮމެންޓް