އޮސްކާގެ އެންމެ މޮޅު ފަންނާނުންނަކީވެސް ވާކީން އާއި ރެނޭ

މިއަދު ބޭއްވި 92 ވަނަ އޮސްކާސްގައި ރެނޭ ޒެލްވެގާ އާއި ވާކީން ފީނިކްސް އެވޯޑާ ހަވާލުވުމަށް ސްޓޭޖަށް އަރައި ---

މިއަހަރު މިހާތަނަށް ދީފައިވާ ފިލްމީ އެވޯޑުތަކާ އެއްގޮތަށް އޮސްކާސްގައި އެންމެ މޮޅު އެކްޓަރަކަށް ވާކީން ފީނިކްސް އަދި އެންމެ މޮޅު އެކްޓްރެސް އަކަށް ރެނޭ ޒެލްވެގާ ހޮވިއްޖެ އެވެ.

މިއަދު ބޭއްވި 92 ވަނަ އޮސްކާ ހަފްލާގައި ވާކީން އަށް އެންމެ މޮޅު އެކްޓަރުގެ އެވޯޑު ލިބިފައިވަނީ މިދިޔަ އަހަރު ނެރުނު ފިލްމު "ޖޯކަރު"ގައި އޭނާ ދައްކާފައިވާ ހުނަރަށެވެ. އަދި ރެނޭއަށް އެންމެ މޮޅު އެކްޓްރެސްގެ އެވޯޑު ލިބިފައިވަނީ "ޖޫޑީ" އިން އޭނާ ދެއްކި ހުނަރާ ގުޅިގެންނެވެ.

ވާކީން އާއި ރެނޭ ވަނީ މިހާތަނަށް ހަތަރު ފަހަރަކު އޮސްކާސް އަށް ނޯމިނޭޓްވެފައެވެ. އެގޮތުން މިއީ ވާކީންގެ ފުރަތަމަ އޮސްކާއެވެ. އެހެންނަމަވެސް ރެނޭ ވަނީ މީގެކުރީންވެސް އޮސްކާ އެއް ކާމިޔާބުކޮށްފައެވެ. ރެނޭއަށް މީގެކުރީން ލިބިފައިވަނީ 2004 ގައި ނެރުނު "ކޯލްޑް މައުންޓަން" އިން އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްގެ އެވޯޑެވެ.

މިއަހަރު ބޭއްވި ބާފްޓާ އެވޯޑާއި ގޯލްޑަން ގްލޯބްސްގައިވެސް އެންމެ މޮޅު ފަންނާނުންގެ އެވޯޑުތަކުގެ އެންމެ ކުރީގައި އުޅުނީ ވާކީން އާއި ރެނޭ އެވެ.

މިއަހަރުގެ އެންމެ ވަރުގަދަ ދެ އެވޯޑު ގެންދާނެ ކަމަށް ގިނަ ބަޔަކު ލަފާކުރަމުން ގެންދިޔައީވެސް އެ ދެ ފަންނާނުންނެވެ.

comment ކޮމެންޓް