ޑައިވިނަށް ދިޔަ ފަތުރުވެރިޔަކު މަރުވެއްޖެ

ފަތުރުވެރިޔާ ގެނބުމުން އޭނާ ޅ. އަތޮޅު ހޮސްޕިޓަލަށް ވަނީ ގެންގޮސްފައި --- ފޮޓޯ : އަހުމަދު ނިހާން

ޅ. އަތޮޅުގައި ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިޔަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނެފައިވަނީ ޅ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ ފަތުރުވެރިއެއް ނިޔާވެފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 09:30 ހާއިރު ލިބިފައިވާ ކަމަށެވެ.

ޑައިވިނަށް ގޮސް އުޅެނިކޮށް މަރުވެފައިވަނީ 69 އަހަރުގެ އޮސްޓްރޭލިއަން ފަތުރުވެރިޔެއް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެމީހާ ގިނަ އިރުތަކެއް ވަންދެއް ޑައިވް ކުރުމަށްފަހު އެއްވެސް ހަރަކާތެއް ނެތި ފެންމަތީގައި އޮތްތަން ފެނުމުން ޑައިވިން އިންސްޓްރަކްޓަރު އެމީހާ ބޯޓަށް ނަގާފައިވާ ކަމަށެވެ. އަދި އެމީހާއަށް ސީޕީއާރު އަދި އޮކްސިޖަންވެސް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ.

އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން ގެންދާކަމަށް ފުލުހުން ބުނެއެވެ.

comment ކޮމެންޓް