ދަމާސް އަހަރީ ސޭލް ނިންމާލައި، ބޮޑެތި އިނާމުތަކާއެކު ރޯދަ ސޭލް ފަށައިފި

ދަމާސްގެ އިންޑެކްސް ފާނިޗަރ ފިހާރަ ---

ދަމާސްއިން މިދިޔަ އަހަރުގެ ފަހު ދުވަސްވަރާ ދިމާކޮށް ކުރިއަށްގެންދިޔަ އަހަރީ ސޭލްގެ ނަސީބުވެރި ފަރާތްތައް އިއުލާނު ކުރުމަށްފަހު، މިއަހަރުގެ ރޯދަ މަހާ ދިމާކޮށް އިތުރު ސޭލެއް ފަށައިފި އެވެ.

ރޯދަ މަހުގެ ނިޔަލަށް ކުރިއަށް ގެންދާ ދަމާސް ރޯދަ ސޭލްގައި 500 ރުފިޔާ ހަމަވާ ކޮންމެ ވިޔަފާރިއަކަށް ސޭލްގެ ލަކީޑްރޯގައި ބައިވެރިވާން އެސްއެމްއެސްއެއް މެދުވެރިކޮށް ޑިޖިޓަލް ކޫޕަނެއް ލިބިގެންދާނެ އެވެ.

ދަމާސްއިން ބުނީ ޑިޖިޓަލް ކޫޕަނެއް ދޫކުރަން ނިންމީ ކޫޕަން މެނޭޖުކުރަން ލުޔެއް ހޯދައިދިނުމުގެ އިތުރުން، ތިމާވެށްޓާ ވެސް ރައްޓެހި ގޮތަކަށް އެކަން ކުރުމުގެ ގޮތުން ކަމަށެވެ.

ދަމާސްގެ ފަރުނީޗަރު ވިއްކާ ތިން ފިހާރަ (ދަމާސް ފަރުނީޗަރު، އިންޑެކްސް ފަރުނީޗަރު އަދި ދަމާސް ހޯމްވެއާ) އާއި ދަމާސް ޕެއިންޓް މާޓްގެ އިތުރުން ދަމާސް ރިސޯޓްވެއާގައި ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި އެ ހުރިހާ ފިހާރައަކުން ވިއްކާ މުދަލުން ވެސް 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެ އެވެ.

ދަމާސް ރޯދަ ޕްރޮމޯޝަންގެ އިނާމުތައް

  • ދަމާސް ފަރުނީޗަރު، އިންޑެކްސް ފަރުނީޗަރު، ދަމާސް ހޯމްވެއާ
    • އެއްވަނަ އިނާމު: އިންޑެކްސް ފަރުނީޗަރުން ދޭ ބެޑްރޫމް ސެޓެއް
    • ދެވަނަ އިނާމު: ވިވިޑް ބްރޭންޑުގެ 55 އިންޗީގެ އެންޑްރޮއިޑް ސްމާޓް ޕްރިމިއަމް އެޗްޑީ ޓީވީ ސައުންޑްބާއާއެކު
    • ތިންވަނަ އިނާމު: ޑިއުރޯފްލެކްސްގެ މެޓްރެސްއެއް
  • ދަމާސް ޕެއިންޓް މާޓް
    • ގްރޭން ޕްރައިޒް: ވިވިޑް ބްރޭންޑުގެ 55 އިންޗީގެ އެންޑްރޮއިޑް ސްމާޓް ޕްރިމިއަމް އެޗްޑީ ޓީވީ ސައުންޑްބާއާއެކު
  • ދަމާސް ރިސޯޓްވެއާ
    • ގްރޭން ޕްރައިޒް: ވިވިޑް ބްރޭންޑުގެ 55 އިންޗީގެ އެންޑްރޮއިޑް ސްމާޓް ޕްރިމިއަމް އެޗްޑީ ޓީވީ ސައުންޑްބާއާއެކު

މިދިޔަ އަހަރުގެ އޮކްޓޫބަރު 25 ވަނަ ދުވަހުން ފެށިގެން ހުސްވި ޖެނުއަރީ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ ދަމާސް އަހަރީ ސޭލްގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ތިން ނަސީބުވެރި ފަރާތެއް ވަނީ ހޮވާފަ އެވެ. އެ ފަރާތްތަކަކީ؛

  • އެއްވަނަ: ކޫޕަން ނަންބަރު 3F5DDF
  • ދެވަނަ: ކޫޕަން ނަންބަރު 2CA786
  • ތިންވަނަ: ކޫޕަން ނަންބަރު C0F2D3

އެ ޕްރޮމޯޝަންގެ އެއްވަނައަށް ހޮވުނު ފަރާތަށް 10،000 ރުފިޔާގެ ގިފްޓް ވައުޗާއެއް ދިންއިރު، ދެވަނައަށް ހޮވުނު ފަރާތަށް ދީފައިވަނީ އުނދޯއްޔެކެވެ. އަދި ތިންވަނަ އިނާމަކަށް ދީފައިވަނީ ވިވިޑް ބްރޭންޑްގެ ސްމާޓް ޓީވީއެކެވެ.

މި ޕްރޮމޯޝަން ކުރިއަށް ގެންގޮސްފައިވަނީ ދަމާސްގެ އޮންލައިން ޝޮޕިންގް ޕްލެޓްފޯމް ދަމާސް އެކްސްޕްރެސް، ދަމާސް ފަރުނީޗަރު އަދި އިންޑެކްސް ފަރުނީޗަރުގަ އެވެ.

comment ކޮމެންޓް