ޖިންސީ ގޯނާގެ ތުހުމަތުގައި މިފަހަރު ހައްޔަރު ކުރީ ދެ ބިދޭސީން

އުތުރުގެ ރަށެއްގައި ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ދެ ބިދޭސީން ހައްޔަރު ކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، 2018 ވަނަ އަހަރުން ފެށިގެން އެކި ފަހަރު މަތިން 14 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި 50 އަހަރުގެ ދެ ބިދޭސީން ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި އެ ދެ ބިދޭސީންގެ ބަންދަށް އިއްޔެ ކޯޓުން 15 ދުވަސް އިތުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

އެ ދެ ބިދޭސީން ހައްޔަރު ކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހު ކަމަށް ފުލުހުން މިއަދު ވަނީ ބުނެފައެވެ.

ޖިންސީ ގޯނާގެ ދެ މައްސަލައެއް މިއަދު އަކަނި ވެސް ވަނީ މީޑިއާގެ ސަމާލުކަމަށް އައިސްފައެވެ. އެއީ މަންމަ އަކު އޭނާގެ ދަރިއަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާއި ދޮން ބައްޕަ އެއް ދެ ދަރިންނަށް ޖިންސީ ގޯނާ ކުރި މައްސަލަ އެކެވެ. އެ މައްސަލައާ ގުޅިގެން ދޮން ބައްޕަ ވަނީ ހައްޔަރު ވެސް ކޮށްފަ އެވެ.

comment ކޮމެންޓް