ގދ. އަތޮޅު ކައުންސިލްގެ ރައީސް ޔޫތް މިނިސްޓްރީގެ ނައިބަކަށް

ގދ. އަތޮޅު ކައުންސިލްގެ ރައީސް ނާސިހް: އޭނާ މިހާރު ވަނީ ޔޫތު މިނިސްޓްރީގެ ނައިބަކަށް އައްޔަންކޮށްފައި --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ގދ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނާސިހް ރަޝީދު، ޔޫތު މިނިސްޓްރީގެ ނައިބަކަށް އައްޔަންކޮށްފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އޭނާ އެ މަގާމަށް އައްޔަން ކުރެެއްވީ މިއަދެވެ.

ކުރިން ގދ. އަތޮޅު ކައުންސިލްގެ މެމްބަރުކަން ވެސް ކުރެއްވި ނާސިހަކީ ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީ ތިނަދޫ އުތުރު ދާއިރާގެ ރައީސެވެ.

މުޙައްމަދު ނާސިހް ރަޝީދަކީ ބެޗެލާ އޮފް ޝަރިއާ އެންޑް ލޯ އަށް ކިޔަވާ ވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ. މީގެ ކުރިން ނާސިހް ވަނީ ޑިޕްލޮމާ އިން ޕްރޮޖެކްޓް މެނޭޖްމަންޓާއި، އެޑްވާންސް ސެޓިފިކެޓް އިން ޔޫތް ޑިވެލޮޕްމަންޓާއި، އޮފީސް އެޑްމިނިސްޓްރޭޝަން އަދި ޕާކިސްތާނުން ނެޝަނަލް ސަޕޯޓް ޕްރޮގްރާމްގެ ކޯހެއް ވެސް ފުރިހަމަ ކުރައްވާފަ އެވެ.

ނާސިހާއެކު ޔޫތު މިނިސްޓްރީގައި ހަތަރު ނައިބު މިނިސްޓަރުން ތިއްބަވާނެ އެވެ.

comment ކޮމެންޓް