މާލޭ ސިޓީ ކައުންސިލްގެ ޖަލްސާތައް ލައިވްކުރަނީ

މާލޭ ސިޓީ ކައުންސިލް އިދާރާ -- ސަންފޮޓޯ/ ފަޔާޒު މޫސާ

މާލޭ ސިޓީ ކައުންސިލްގެ އާންމު ޖަލްސާތައް ލައިވްކުރަން ނިންމައިފި އެެވެ.

މާލޭ ސިޓީ ކައުންސިލް އިދާރާއިން މިއަދު ނެރުނު ބަޔާނުގައި ބުނީ ލައިވްކޮށްގެން މާދަމާ ޖަލްސާއެއް ބާއްވާނެ ކަމަށެވެ.

މިގޮތުން ފުރަތަމަ ލައިވް ކުރާ ޖަލްސާ އޮންނާނީ މާލޭ ސިޓީ ކައުންސިލްގެ މާފަންނު އޮފީހުގައި މާދަމާ މެންދުރު 2:00 ގައި ކަމަށްވެސް ސިޓީ ކައުންސިލްއިން ބުންޏެވެ.

ސިޓީ ކައުންސިލްއިން އިތުރަށް ބުނީ ޖަލްސާތައް ބާއްވާއިރު ޖާގަ އޮތް މިންވަރަކުން އަޑުއެހުމަށް އާންމުންނަށް ފުރުސަތު ދޭނެ ކަމަށެވެ. އަދި އަޑުއެހުމަށް ވަޑައިގަންނަން ބޭނުންވާ ފަރާތްތަކަށް ޖަލްސާ ފެށުމުގެ 15 މިނެޓް ކުރިން ހާޒިރުވާންޖެހޭނެކަމަށް އެ ކައުންސިލްއިން ބުންޏެވެ.

މާލޭ ސިޓީ ކައުންސިލްގެ މާފަންނު އޮފީހުގައި ކުރަމުންދިޔަ އެޑްމިނިސްޓްރޭޝަންގެ މަސައްކަތްތަކާއި ޕްރޮކިއުމަންޓް މަސައްކަތް އެމްޑަބްލިއުއެސްސީގެ ފެންބިލްޑިންގެ ހަތަރު ވަނަ ފަންގިފިލާއަށް މިހާރު ވަނީ ބަދަލުކޮށްފަ އެެވެ. ނަމަވެސް އާންމު ޖަލްސާތައް އަދިވެސް ކުރިއަށް ގެންދާނީ މާފަންނު އޮފީހުގައި ކަމަށް ސިޓީ ކައުންސިލްއިން ބުންޏެވެ.

comment ކޮމެންޓް