މެލޭޝީއާާ ތައިލެންޑް، ޖަޕާން އަދި އިންޑިއާ ތިބި ދިވެހިން އެމްބަސީގައި ރަޖިސްޓްރީވުމަށް އެދެފި

ހަލުވި ކަމާއެކު މިހާރު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިސްއާ ގުޅިގެން ހަތަރު ގައުމެއްގައި ދިރިއުޅެމުން އަންނަ ދިވެހީން އެގައުމުތަކުގެ އެމްބަސީގައި ރަޖިސްޓްރީވާން އެދެފި އެވެ. އޭގެ ތެރޭގައި ހިމެނެނީ، އިންޑިއާ، މެލޭޝިއާ، ތައިލެންޑް އަދި ޖަޕާނެވެ.

ޗައިނާގެ ހުވާން ސިޓީން ހަލުވިކާމާއެކު މިހާރު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް މިހާތަނަށް އެގައުމުން 1،300 އަށް ވުރެ ގިނަ މީހުންގެ ހަށިގަނޑުން ފެނި، މަރުވި މީހުންގެ އަދަދު މިހާރު 41އަށް އަރާފައިވާ ކަމަށް ޗައިނާ އިން ވަނީ ބުނަފައެވެ. މި ބަލި މިހާރު ޗައިނާގެ އިތުރުން އެހެން ބައެއް ގައުމުތަކުންވެސް މި ބަލި ދަނީ ފެންނަމުންނެވެ. އޭގެ ތެރޭގައި މެލޭޝިއާ އާއި ތައިލެންޑް އަދި ޖަޕާންވެސް ހިމެނެއެވެ.

ހަތަރު ގައުމުގެ އެމްބަސީގެ ޓްވިޓާ މެދުވެރިކޮށް އެދިފައިވަނީ، އެގައުމެއްގައި ދިރިއުޅޭ ދިވެހިން އެމްބަސީގައި ރަޖިސްޓްރީކުރުމަށެވެ. އަދި ބަޔަށް ސަމާލުވެ، ރައްކާތެރިފިޔަވަޅު އެޅުމަށްވެސް އެމްބަސީތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

މެލޭޝިއާ އެމްބަސީގެ ހޮޓްލައިން 60126557895+ އަށް ގުޅުމުން އެތަނުގެ ކޮންސިއުލާ ހިދުމަތްތައް ލިބޭނެ ކަމަށް އެމްބަސީން ބުންނެއެވެ. އަދި މިހާތަނަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުން މި ލިންކް މެދުވެރިކޮށްވެސް ރަޖިސްޓްރީ ކުރެވޭނެ ކަމަށް މެލޭޝިއާ އެމްބަސީން ބުންޏެވެ.

މެލޭޝިއިން މިހާތަނަށް ހަތަރު މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ޗައިނާ މީހުންނެވެ.

އިންޑިއާގެ އެމްބަސީން އެދުނީ، އެ މީހެއްގެ ނަމާއި އެ މީހަކު ދިރިއުޅޭ ސިޓީ އަދި އިމަޖެންސީ ހާލަތެއްގައި ގުޅޭނެ އާއިލާ މީހެއްގެ ނަންބަރު ވެސް އިންޑިއާ އެމްބަސީއާ ހިއްސާ ކުރުމަށެވެ. އޭގެ އިތުރުން ޓްރެވިންޑްރަމްގައި ގާއިމްކޮށްފައިވާ ކޮންސިއުލޭޓްގެ ހޮޓް ލައިން 919847702554+ އަށް ގުޅުމުން އެތަނުގެ ކޮންސިއުލާ ހިދުމަތްތައް ލިބޭނެ ކަމަށް އެތަނުން ބުނެއެވެ.

ތައިލެންޑްގެ އެމްބަސީން ގައިމްކޮށްފައިވާ ހޮޓްލައިނަކީ، 66990704405+ އެވެ. އަދި އޮންލައިންކޮށް އެމްބަސީގެ ވެބްސައިޓުން ރަޖިސްޓްރީ ކުރެވޭނެ ކަމަށް އެ އެތަނުން ބުނެއެވެ.

ތައިލެންޑުން ކޮރޯނާއަށް ޕޮޒިޓިވްވި މީހުންގެ އަދަދު ފަހަކަށް އަރައެވެ.

ޖަޕާންގައި ހުންނަ ދިވެހި އެމްބަސީން ގާއިމުކޮށްފައިވާ ހޮޓްލައިނަކީ، 080-4096-4315 އެވެ. އަދި މައުލޫމަތު އީމެއިލް އެޑްރެހަކީ، [email protected] އެވެ. ޖަޕާނުން ކޮރޯނާ ފެނުނު މީހުންގެ އަދަދަކީ، ދޭކެވެ.

ކޮރޯނާއަށް ރާއްޖޭގައިވެސް މިހާރު ވަނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައެވެ. އެގޮތުން ސްކްރީން ކުރުން ވަރުގަދަކޮށް، އެ ބައްޔަށް ފަރުވާދިނުމުގެ އިންތިޒާމް މިހާރު ވާނީ ގާއިމްކޮށްފައެވެ.

https://sun.mv/130710

comment ކޮމެންޓް