އެކި ދުވަސް މަތިން ކުޑަކުދިންނަށް ޖިންސީ ގުނަވަން ދެއްކި މީހަކު ހައްޔަރުކޮށްފި

ޖެނުއަރީ 24، 2020: ކުޑަކުދިން ރޭޕް ކުރުމާއި ޖިންސީ އަނިޔާއާއި ދެކޮޅައް މި ހުކުރު ދުވަހު މާލޭގައި ކުރިއަށް ގެންދިޔަ ހިގާލުމުގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އެކި ދުވަސްމަތިން ކުޑަ ކުދިންނަށް ޖިންސީ ގުނަވަން ދެއްކި މީހަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.

މި މައްސަލައިގައި މިއަދު އިރުއޮއްސި 6:10 ގައި ހައްޔަރުކޮށްފައި ވަނީ ޅ. ނައިފަރަށް ނިސްބަތްވާ 60 އަހަރުގެ މީހެކެވެ.

ފުލުހުން މިރޭ ބުނީ، އެ މީހާ ހައްޔަރު ކުރީ މި މަސް ތެރޭ އެކި ދުވަސް މަތިން ކުޑަކުދިންނަށް ޖިންސީ ގުނަވަން ދެއްކި މައްސަލައެެއްގައި ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ ކޮންތާކުން ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މި މައްސަލަ މިހާރު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ގއ. ކަނޑުހުޅުދޫގައި ދެއަހަރު ނުވާ ތުއްތު ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ފެންމަތިވި ފަހުން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކަންކަން ރިޕޯޓު ކުރުން މިހާރު ވަނީ އިތުރުވެފައެެވެ.

comment ކޮމެންޓް