ޝޯޝަލް ސެންޓަރާއެކު ފަސް ތަނަކުން މިހާރު މީސްލްސް ވެކްސިން ޖެހޭނެ: އެޗްޕީއޭ

ދަމަނަވެށިން ކުޑަ ކުއްޖަކަށް ވެކްސިން ދެނީ: މިހާރު ފަސްތަނަކުން މީސަލްސް ވެކްސިން ޖެހޭނެ ފޮޓޯ/ ދަމަނަވެށި

ޝޯޝަލް ސެންޓަރާއެކު މާލޭ ސިޓީ ފަސް ތަނަކުން މިހާރު މީސްލްސް (ހިމަބިހި) އިން ދިފާއުވުމަށް ބޭނުންވާ އެމްއާރުއެމް ވެކްސް ޖެހޭނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ، 18 އަހަރުން ދަށުގެ ކުދިންގެ ތެރެއިން މީސްލްސް ވެކްސިންގެ ދެ ޑޯޒް ހަމަނުވާ ކުދިންނަށް ސޯޝަލް ސެންޓަރާއެކު ފަސް ތަނަކުން މީސެލްސް ވެކްސިން ޖެހޭނެ ކަމަށެވެ.

ވެކްސިން ޖެހޭނެ ތަންތަން ގަޑިތަކާއެކު:

  • ޝޯޝަލް ސެންޓަރު، މާފަންނު؛ ހެނދުނު 10:00 - ހަވީރު 4:00 އަށް.
  • ދަމަނަވެށި؛ ހެނދުނު 9:00 - ހަވީރު 5:00 އަަށް
  • އޭޑީކޭ ހޮސްޕިޓަލް؛ ހެނދުނު 10:00 - ހަވީރު 4:00 އަަށް
  • ހުޅުމާލެ ހޮސްޕިޓަލް؛ ހެނދުނު 8:30 - ހަވީރު 3:00 އަަށް
  • ޓްރިޓޮޕް ހޮސްޕިޓަލް؛ ހެނދުނު 9:00 - ހަވީރު 5:00 އަަށް
  • ވިލިމާލެ ހޮސްޕިޓަލް؛ ހެނދުނު 9:00 - ހަވީރު 5:00 އަަށް

ފަސް ތަނުގައިވެސް ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ވެކްސް ދޭނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އަދި ކުއްޖާ ގޮވައިގެން ވެކްސިން ދިނުމަށް އަންނަ އިރު ކުއްޖާގެ ވެކްސިން ކާޑާއި އައިޑީކާޑު ގެނައުމަށް އެޗްޕީއޭ އިން އިލްތިމާސްކުރެއެވެ.

ރާއްޖެއިން ނައްތާލެވުނު ކަމަށް 2017 ވަނަ އަހަރު އިއުލާނުކުރި ހިމަބިހި އަލުން ފެންނަން ފަށާފައިވާއިރު، ބަލި އިތުރަށް ފެތުރުނަ ނުދިނުމުގެ ގޮތުން ހެލްތު މިނިސްޓްރީން އަންނަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންނެވެ.

އެގޮތުން ހިމަބިހިން ރައްކާތެރިވުމަށްދޭ ވެކްސިންގެ ދެ ޑޯޒް ހަމަ ނުކުރާ ފަރާތްތަކަށް ވެކްސިން ދިނުމުގެ ބޮޑު ކެމްޕޭނެއް ވަނީ ފަށައިފައެވެ.

ވެކްސިން ޖެހުމުގެ ކަންކަން ހެލްތް މިނިސްޓްރީން އިތުރުކޮށްފައިވާއިރު، އަވައްޓެރި އިންޑިއާ އިން ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެމްއެމްއާރް ވެކްސިންގެ 30،000 ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފައެވެ.

މި މަސްތެރޭ މިހާތަނަށް ހަ މީހަކު ވަނީ ހިމަބިއްސަށް ޕޮޒިޓިވްވެފައެވެ.

comment ކޮމެންޓް