ނޭހާ ކައްކަރާއި އަދިތިޔާ ނަރަޔަންގެ ކައިވެނި ހަމަޖައްސައިފި

އަދިިތިޔާ ނަރަޔަން އަދި ނޭހާ ކައްކަރު

އިންޑިއަން އައިޑަލްގެ ޖަޖު އަދި ލަވަކިޔުންތެރިޔާ ނެހާ ކައްކަރާއި އައިޑަލްގެ ހޯސްޓް އަދތިޔާ ނާރަޔަންގެ ކައިވެނި ހަމަޖައްސާފައިވާކަން އެ ދެތަރިންގެ މައިންބަފައިން ވަނީ އައިޑަލް ޝޯގައި ހިއްސާކޮށްފައެވެ.

ހަބަރުތައް ބުނާގޮތުގައި އެދެމީހުން ކައިވެނިކުރާނީ މި އަހަރުގެ ލޯބިވެރިންގެ ދުވަސްކަމަށްވާ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު ކަމަށެވެ. ކައިވެނީގެ ދައުވަތު ކާޑުކަމަށް ބުނާ ކާޑެއް ވެސް މިހާރު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އެކަމާ ގުޅޭގޮތުން އަދިތްޔާގެ ބައްޕަ ވަނީ މީޑިއާތަކާ ވާހަކަދައްކާފައެވެ. އޭނާގެ ބައްޕަ އަދި ކާމިޔާބު ޕްލޭބެކް ސިންގަރ އުދިތު ނަރަޔަން ބުނީ ނޭހާއަކީ އެންމެންނާ ވެސް ގުޅޭ ވަރަށް ރަނގަޅު ކުއްޖެއް ކަމަށާއި އޭނާއަކީ މިހާރު ހުރި ހިސާބަށް ގޮއްސަ އެހުރީ އަމިއްލަ މަސައްކަތުން ކަމަށެވެ. އަދި ދަރިފުޅު އަދިތިޔާއާ ކައިވެނީގެ ގޮތުން ގުޅިއްޖެނަމަ ވަރަށް ބޮޑަށް އުފާވާނެ ކަމަށްވެސް އުދިތު ބުންޏެވެ.

އައިޑަލްގެ މިފަހަރުގެ ސީޒަނަކީ އަދިތިޔާ ހޯސްޓްކުރާ ފުރަތަމަ ސީޒަނެވެ.

comment ކޮމެންޓް