ކީގޯސްގެ އާ ކެއުންތަކުގެ ރަހަ ނުބަލާ ދޫކޮށްލާވަރެއް ނޫން!

ކީގޯސް ކެފޭގެ ޗިކަން ޕާމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އާ އަހަރާއެކު ކީގޯސް ކެފޭ އެންޑް ރެސްޓޯރަންޓުން ހެދީ ތަފާތު ގޮތެކެވެ. މެނޫއަށް ތަފާތު، ހާއްސަ އާ ޑިޝްތަކެއް ތައާރަފުކުރުމަށް ނިންމުމެވެ. ތަފާތު ކޮށްލުމުގެ ގޮތުން ގެނައި އާ ކެއުންތަކަކީ ކިތަންމެ ވަރަކަށް ކެއަސް ފޫހިވާނެ ފަދަ ޑިޝްތަކެއް ނޫނެވެ. އެކަމުގެ ޔަގީންކަން ކީގޯސްއިން ދެއެވެ.

މިއީ ކިތަންމެ ވަރަކަށް ކެޔަސް ފޫހިނުވާ ކަހަލަ ރަހަތަކެއް އެކުލެވޭ ޑިޝްތަކެއް ކަން ކީގޯސްއިން އެ ޑިޝްތަކުގެ ރަހަބަލާލަން ލިބުނު ފުރުސަތުގައި އެނގުނެވެ. ޑިޝްތައް ގެނެސް ސަފަކަށް މޭޒުމަތީގައި އަތުރާލުމާއެކު އަވަސްވެގަތީ އެއަށް އިންސާފު ކުރާށެވެ.

ޗިކަން ޕާމް

އަލަށް ތައާރަފުކުރި ޑިޝްތަކުގެ ތެރެއިން އެންމެ އަޅައިގަންނާނެ އެކައްޗަކީ ޗިކަމް ޕާމްއެވެ. ސަބަބަކީ މި ޑިޝްގެ ފުރިހަމަ ޕްރެޒެންޓޭޝަނެވެ. ޑިޝް ތައްޔާރުކޮށްފައި އޭގެ ރަހަ ބަލާލައިގެން ނޫނީ އޭގެ ހަގީގަތް ނޭނގޭ، ޝައުގުން ފުރުވަލާ ފަދަ ގޮތަކަށެވެ.

ތަށީގެ އެއް ފަޅީގައި ހުންނަނީ ކީގޯސްގެ ޝެފްގެ ޚާއްސަ މެރިނާރާ ސޯސްއާއެކު ތައްޔާރުކޮށްފައިވާ ސްޕެގެޓީއެވެ. ޖެހިގެން އޮންނަނީ ޗީޒްގެ ބޯ ފަށަލައެއް ލާފައި ހުންނަ ޗިކަން ބްރެސްޓް ފޮއްޗެކެވެ. އޭގެ ރަހަ އެންމެ ގާތްކުރަނީ މީރު މީރު ޗިކަން ޕިއްޒާއަކާއެވެ.

ކީގޯސް ކެފޭގެ ޗިކަން ޕާމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އާންމުކޮށް ރެސްޓޯރެންޓްތަކުން އޯޑަރުކުރާ ޑިޝްތަކާއެކު ލިބޭ މަސްކޮޅު ކުޑަވެގެން އުޅޭ މީހުންނަށް މި ޑިޝް ވަރަށް ކަމުދާނެއެވެ. މީގައި ހިމެނޭ ޗިކަން ބްރެސްޓްގެ ސައިޒާ މެދު ޖެއްސޭނެ އެއްވެސް މައްސަލައެއް ނޯންނާނެއެވެ. މިއީ ހަމަ ގައިމުވެސް ކައި ކައި އޭގެ މަތިން ފޫހިވާނެ ފަދަ އެއްޗެއް ނޫނެވެ.

ޗިކަން ކެބާބް

މިއީ ދިވެހީންގެ މެދުގައި މަގުބޫލު ޑިޝްއެކެވެ. ނަމަވެސް ކީގޯސްއިން ޗިކަން ކެބާބް ތައްޔާރުކުރަނީ ވަރަށް ތަފާތު އަދި ރަހަމީރު ގޮތަކަށެވެ.

މި ކެބާބުގެ ރަހަތައް ހުރީ ކޮންމެ ވައްތަރެއްގެ ކެއުމަށް ލޯބިކުރާ މީހަކަށްވެސް ހިތްހަމަޖައްސައިދޭނެ ގޮތަކަށެވެ. ގަބޫލުކުރަން ދަތިވިޔަސް، ކުޅިކޮށް ކެއުމަށް ލޯބިކުރާ މީހުންނަށާއި ކުޅި މަޑުކޮށް ކާން ލޯބިކުރާ މީހުންނަށްވެސް މި ހެޔޮވަރު ވާނެއެވެ. އެންމެ ޕާކެކްޝަނާ ހަމައަށް ގްރިލްކޮށްލާފައިވާ، އަދި ހަފާލަން ފަސޭހަ "ޖޫސީ" ކުކުޅު ކެބާބްއާއެކު ރަހަ ހެޔޮވަރުކޮށްލުމަށްޓަކައި ތަރުކާރީ ކޮޅަކާއި ގާލިކް ރައިސް ޕޯޝަނެއްވެސް ހިމެނޭނެއެވެ.

ކީގޯސް ކެފޭގެ ޗިކަން ކެބާބް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަވަސް އަދި "ކުޑަ ގޮތެއް" ހަދާލަން ބޭނުންވާ ކަސްޓަމަރުންނަށް މިއީ ވަރަށް ކަމުދާ ޑިޝްއަކަށް ވާނެ އެވެ.

ބީފް ސްޓްރޮގަނޯފް

ދެހާހުގެ އަހަރުތަކުގެ ތެރޭގައި މާލެއަށް މަޝްހޫރުވި ސްޓްރޮގަނޯފް ޑިޝްތައް ކީގޯސްއަށްވެސް ފޯރައިފިއެވެ. އަލަށް މެނޫއަށް ތައާރަފުކުރާ ބީފް ސްޓްރޮގަނޯފް އަކީ ހަމަ "މަރެކެވެ". މީރު ރަހައިން ފުރިގެންވާ ކްރީމީ ސޯސްގެ ތެރޭގައިވާ ފޯކޮށްލާފައިވާ ބީފް ސްޓްރޮގޮނޯފް އަކީ ވަރަށް ތަފާތު ޑިޝްއެކެވެ.

އާންމުކޮށް ހެފުމަށް އުނދަގޫ އަދި ހަރު ކަމަށް ގިނަ ބަޔަކު ޝަކުވާ ކުރިޔަސް މި ޑިޝްގައި ހިމެނޭ ގެރި މަސްކޮޅުތައް ހުންނަނީ އެންމެ ފުރިހަމަ، އެންމެ ޓެންޑަރ މިންވަރަށެވެ.

ކީގޯސް ކެފޭގެ ބީފް ސްޓްރޮގަނޯފް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގިނަ ކެފޭ ރެސްޓޯރަންޓްތަކުން ބީފް ސްޓްރޮގަނޯފް އާންމުކޮށް ސާވްކުރަނީ ރައިސްއަކާއެކުއެވެ. ނަމަވެސް ކީގޯސްއިން މިކަން ތަފާތުކޮށްލާފައި ސާވްކުރާނީ ޕާސްތާ ސައިޑަކާއެކުއެވެ.

މޮންގޯލިއަން ރައިސް

މިއީ ދިވެހީންނަށް އާ ޑިޝްއެއް ނޫނެވެ--ނަމަވެސް ކީގޯސްގެ ޚާއްސަކަމަކީ ޕޯޝަންގެ ބޮޑުކަމާއި، ބަތްގަނޑުގެ މަތީގައި ބާއްވާލާފައި އޮންނަ މީރު ކުކުޅު މަސްކޮޅެވެ.

މިއީ ހަމަ ފްލޭވާ އެކްސްޕްލޯޝަނެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ބަތްގަނޑުގައި ހިމެނޭ ތަފާތު ރަހަތަކުން ގެނެސްދޭ އުފާވެރިކަމެއް ކިޔައިދޭންވެސް ދަތިވާ ވަރެވެ. ސިފަ ކޮށްދޭން ނޭނގޭހާ މީރުކަން އަޖުމަ ބަލާލައިގެން ނޫނީ ޚިޔާލަށް ގެންނަންވެސް ނޭނގޭނެއެވެ.

ކީގޯސް ކެފޭގެ މޮންގޯލިއަން ރައިސް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޒަމާނުއްސުރެ ދިވެހީންގެ މެދުގައި ބޯވަ މަޝްހޫރުވި ނަމަވެސް ރެސްޓޯރަންޓްތަކުގެ މެނޫތަކަށް ބޯވަ ހިމެނޭ އެކި ވައްތަރުގެ ޑިޝްތައް ތައާރަފުވާން ފެށީ ދާދި ފަހުންނެވެ.

ކީގޯސްއިން މީގެ ކުރިންވެސް ސާވްކުރި ބޯވަ ހިމެނޭ "ޗިލީ ބޯވަ" ޑިޝް، ކުޑަ މެދުކެނޑުމަކަށްފަހު މެނޫއަށް އަލުން ތައާރަފުކުރަނީ އިތުރު ފުރިހަމަކަމަކާ އެކުއެވެ. މި ޑިޝް ނުލިބޭތީ ގިނަ ކަސްޓަމަރުންގެ ޝަކުވާތަކާއި ހިތުގައި އުފެދުނު ނުތަނަވަސްކަމަށް ތަސައްލީއެއް ގެނެސްދޭ ހަދިޔާއެއްގެ ގޮތުގައެވެ.

ކީގޯސް ކެފޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކީގޯސް ކެފޭ އެންޑް ރެސްޓޯރަންޓުގެ އެންމެ ޚާއްސަ ސިފައަކީ ޑިޝްތަކުގެ ރަހަ ވަރަށްވެސް ފުރިހަމަވެފައި، ޖީބަށް ލުއިވުމެވެ. ހުރިހާ އަގެއްވެސް އަތްފޯރާ ފަށުގައެވެ.

އަލަށް ތައާރަފުކުރި ޑިޝްތަކުގެ އަގުތައް ވެސް ހުރީ އެ މިނުގައި ހިފަހައްޓާފަ އެވެ. މިއީ މާލޭގައި މި ފެންވަރުގެ ރެސްޓޯރެންޓްތަކުގެ އަގުތަކާ އަޅާބަލާއިރު އެންމެ ހެޔޮ އަގުތަކެވެ. ހަމަ ހަގީގީ "ވެލިއު ފޯރ މަނީ"އެވެ.

ކީގޯސް ކެފޭ އެންޑް ރެސްޓޯރެންޓް ހުންނާނީ ރަށްދެބައިމަގު، ރާދަ ބުކްޝޮޕް ކުރިމަތީގައި އޮންނަ ހެލެނބެލިގޯޅީގައެވެ.

comment ކޮމެންޓް