މައިޔޫއެސްގެ ފަރާތުން ދިވެހިންނަށް ހާއްސަ ވެބްސައިޓެއް!

އޮންލައިކޮށް އެމެރިކާގެ އެކިއެކި ސްޓޯރުތަކުން ވިޔަފާރިކުރާ ފަރާތްތަކުގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ މައިޔޫއެސްގެ ފަރާތުން ރާއްޖެއަށް ހާއްސަކޮށް ގޯޝޮޕް.އެމްވީ ގެ ނަމުގައި ވެބްސައިޓެއް ތައާރަފް ކޮށްފިއެވެ.

ގޯޝޮޕް އަކީ މައި ޔޫއެސް އިން މިހާރު ފޯރުކޮށްދޭ ހުރިހާ ހިދުމަތެއް އަގުހެޔޮކޮށް ރާއްޖޭގެ ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް، ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މިހާރުވެސް ޑެލިވަރީގެ ހިދުމަތް ދެމުންދާ ރެޑްބޮކްސް އާއި މައިޔޫއެސް ގުޅިގެން ފޯރުކޮށްދޭ ހިދުމަތެކެވެ.

އެމެރިކާގެ އޮންލައިން ވެބްސައިޓްތަކުން ވިޔަފާރި ކުރުމުގައި ދިވެހިންނަށް ދިމާވާ އެންމެ ބޮޑު ދައްޗަކީ އެފަދަ އޮންލައިން ސްޓޯރު ތަކުން ރާއްޖެއަށް ޑެލިވަރީގެ ހިދުމަތް ފޯރުކޮށް ނުދިނުމެވެ. ހަމައެއާއެކު ޝިޕިންގ އަށް ނަގާ ޗާޖު ބޮޑުވުމަކީ ވެސް ގިނަ ބައެއްގެ ޝަކުވާއެކެވެ.

ނަމަވެސް ގޯޝޮޕް ގެ ސީއޯއޯ ހުސެއިން ޝާހިދު ވިދާޅުވީ ގޯޝޮޕް މެދުވެރިކޮށް ޝިޕް ކުރުމުން މައިޔޫއެސް އިން ގަންނަ ތަކެއްޗަށް މިހާރު ނަގާ ޝިޕިން ޗާޖަށްވުރެ އެތައް ތަނެއް ހެޔޮ ވާނެ ކަމަށެވެ.

ގޯޝޮޕް ވެބްސައިޓުގައި ބުނެފައި ވަނީ އެ ވެބްސައިޓު މެދުވެރިކޮޑް އޯޑަރު ކުރުމުން އިންޓަނޭޝަނަލް ޝިޕިން އިން 80 ޕަސެންޓު އަގުހެޔޮވާނެ ކަމަށެވެ.

އަދި އެ ހިދުމަތް ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް ލިބޭނެ ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.

"މާނައަކީ ސީދާ ޔޫއެސް އިން ރާއްޖޭގެ ކޮންމެ ރަށެއްގެ ކޮންމެ ގެއަކަށްވެސް ހަމަ ވެބްސައިޓުން ނަގާ ޗާޖަށް ލިބޭނެ އޭ،" ޝާހިދު ވިދާޅުވިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް