އެމްއެންޑީއެފްގެ ލޯންޗެއްގައި އަލިފާން ރޯވެއްޖެ

ބޯޓެއްގައި ރޯވެގެން އެމްއެންޑީއެފް އިން ހަރަކާތްތެރިވަނީ -- ފޮޓޯ: އެމްއެންޑީއެފް

އެމްއެންޑީއެފްގެ ފަޔާ އިންޓަސެޕްޓާ (އެފްއައިސީ) ވެލާނާ ލޯންޗު ދަތުރުކުރަމުން ދަނިކޮށް އަލިފާން ރޯވެއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނެފައިވަނީ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ލޯންޗު، ކ. ގުރައިދޫ ކައިރިން ދަތުރުކޮށްފައި ދަނިކޮށް ކަމަށެވެ.

އެ ހާދިސާ ހިނގާފައިވަނީ މިއަދު 15:55 ހާއިރު ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވެއެވެ.

އެމްއެންޑީއެފް އިން ބުނެފައިވަނީ އަލިފާނުގެ ހާދިސާ ހިނގުމާއެެކު އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އިން ހަރަކާތްތެރިވެފައިވާ ކަމަށެވެ. އަދި މިހާރު އަލިފާންގަނޑު ނިއްވާލެވިފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

comment ކޮމެންޓް