މިހާރު ރާއްޖޭގައި ފެތުރެމުންދާ ހިމަބިހި ކޮންޓްރޯލް ކުރުމަށް ހިންގާ ހަރަކާތުގެ ދަށުން ތުއްތު ކުދިންނަށް ހިމަބިހި ވެކްސިންގެ އިތުުރު ޑޯޒެއް ދޭން ނިންމައިފިއެވެ.
މީގެ ކުރިން ހިމަބިއްސަން ދެމުން ދިޔައީ ހިމަބިހި ވެކްސިންގެ ދެ ޑޯޒެވެ.
ހެލްތު މިނިސްޓްރީން މިރޭ ކުރި ޓުވީޓެއްގައި ބުނީ އިތުރު ޑޯޒެއް ތުއްތު ކުދިންނަށް ދޭން ނިންމީ އެ ކުދިންނަށް ބަލީގެ ނުރައްކާތެރިކަން ބޮޑުވާތީ ކަމަށެވެ.
ހިމަބިއްސަށް ދޭ އެމްއެމްއާރު ވެކްސިންގެ އިތުރު ޑޯޒް ދޭން ނިންމާފައިވަނީ ހަމަސް ފުރި 18 މަސް ނުފުރޭ ކުދިންނަށެވެ. އިތުރު ޑޯޒެއް ދޭނީ ކުރީގެ ޑޯޒް ދިންތާ ހަތަރު ހަފްތާ ފަހުންނެވެ.
މާދަމާއިން ފެށިގެން އިތުރު ޑޯޒް ދޭން ފަށާއިރު އެ ހިދުމަތް ހުޅުމާލެ ހޮސްޕިޓަލް، ވިލިމާލެހޮސްޕިޓަލް، މާލެ ދަމަނަވެށީ އަދި ސޯޝަލްސެންޓަރުން ހެނދުނު ނުވަޔަކުން ހަވީރު ފަހެއް ޖަަހަންދެން ލިބޭނެއެވެ.
މިފަހުން ހިމަބިހި ޖެހިފައިވާ މީހެއް ރާއްޖެއިން ފެނުނީ، މި މަހުގެ ނުވަ ވަނަ ދުވަހު އެވެ. އަދި އޭގެ ފަހުން އިތުރު ތިން މީހަކަށް ވަނީ ހިމަބިހި ޖެހިފައެވެ.
ބަލި ފެންނަ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނަށް ވެކްސިން ޖެހުމަށް މިނިސްޓްރީއިން ވަނީ މިހާރު ޕްރޮގްރާމެއް ފަށައިފަ އެވެ.