"މައިދާން" އަށް ޕްރިޔަމަނީ ސޮއިކޮށްފި

ބަތަލާ ޕްރިޔަމަނީ---

އަޖޭ ދޭވްގަންގެ ކުޅިވަރު ފިލްމަށް ދެކުނު އިންޑިއާގެ ފިލްމީތަރި ޕްރިޔަމަނީ 35، ހަމަޖައްސައިފި އެވެ.

ކާމިޔާބު ގިނަ ފިލްމުތަކެއް ޕްރިޔަމަނީ އަކީ ނޭޝަނަލް އެވޯޑް ހޯދާފައިވާ ބަތަލާއެކެވެ. އަޖޭގެ "މައިދާން" އަށް އެންމެ ފުރަތަމަ ސޮއިކުރީ މަޝްހޫރު ބަތަލާ ކީރްތީ ސުރޭޝް އެވެ. ނަމަވެސް މި ފިލްމަށް ސޮއިކުރުމަށްފަހުވެސް އޭނާ މި ފިލްމު ދޫކޮށްލީ ބިޒީ ޝެޑިއުލްގެ ސަބަބުންނެވެ.

އަމިތު ޝަރުމާ ޑައިރެކްޓްކުރާ ބައޮގްރަފިކަލް ޑްރާމާއެކެވެ. މި ފިލްމަކީ އިންޑިއާގެ ފުޓްބޯޅައިގެ ބައްޕަ ސައިދު އަބްދުއްރަހީމްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.

އަޖޭ އާއި ޕްރިޔަމަނީގެ އިތުރުން މި ފިލްމުގައި ހަރަކާތްތެރިވާނެ ބައެއް ތަރިންނަކީ ބޯނީ ކަޕޫރު، އަކާޝް ޗައުލާ އަދި އަރުނާވާ ޖޯއީ އެވެ.

މި ފިލްމު ރިލީޒްކުރާނީ މިއަހަރުގެ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ.

comment ކޮމެންޓް