ގަވާއިދާ ހިލާފަށް މާލެ އާއި ވިލިމާލެ ފަޅުގައި އަޅާފައި ހުރި އުޅަނދުތައް ނަގަން ފަށައިފި

މާލެއާއި ވިލިމާލެ ފަޅުގައި ގަވާއިދާ ހިލާފަށް އަޅާފައި ހުރި އުޅަނދުފަހަރާއި ގިނަ ދުވަސްތަކެއް ވަންދެން ދަތުރުނުކޮށް އަޅާފައި ހުރި އަޅަނދުފަހަރު ނެގުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

މި މަސައްކަތް ފަށާފައި ވަނީ މާލެ ސިޓީ ކައުންސިލާއި ފުލުހުން އަދި ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކުން މަޝްވަރާކޮށް ދިރާސާ ކުރުމަށްފަހު އެވެ.

އެ މަސައްކަތް ފަށާފައި ވަނި މިއަދު ހެނދުނު މަސް މާރުކޭޓު ހިމެނޭ ސަރައްހައްދުންނެވެ. ފުލުހުން ބުނީ މި މަސައްކަތުގެ ދަށުން އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ބަލައިފާސްކޮށް، ގަވާއިދާ ހިލާފަށް ހުރި އުޅަނދުތަކާއި އެ ސަރަހައްދުގައި ގިނަ ދުވަސްތަކެއް ވަންދެން ނުދުއްވާކަމަށް ފާހަގަ ކުރެވިފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތްކުރަމުން ދާނެ ކަމަށެވެ.

މާލެ ފަޅުތެރޭގައި ނުގަވާއިދުން އަޅާފައި ހުންނަ ދޯނިފަހަރުގައި ސްޓިކާ ޖަހައި ޖޫރިމަނާކުރުމުގެ މަސައްކަތްވެސް ސިޓީ ކައުންސިލުން އަންނަނީ ކުރަމުންނެވެ.

comment ކޮމެންޓް