ނިއުމާގެ "ކަޅަކި"ގެ ޝޫޓިން ބާރަށް ކުރިއަށް!

ފިލްމުގެ ޕޯސްޓަރެއް---

ދިވެހި ފިލްމު އިންޑަސްޓްރީގެ ރާނީ ނިއުމާ މުހައްމަދާއި އޭނާގެ ދަރިފުޅު ޒޯޔާގެ ނަމުގައި ހަދާފައިވާ ކުންފުނި ނިއުޒޯ ފިލްމްސްއިން ގެނެސްދޭ ފިލްމު "ކަޅަކި"ގެ ޝޫޓިން ފަށައި، ބާރަށް ކުރިއަށް އެބަދެއެވެ.

މުޅި ފިލްމު ލަންކާގައި ޝޫޓްކުރަން ހަމަޖެހިފައިވާ އެ ފިލްމުގެ ޝޫޓިންއަށް ލަންކާއަށް ތަރިން ފުރީ މިދިޔަ ހަފްތާތެރޭގައެވެ. ފިލްމަކީ ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކުރާ ފިލްމެކެވެ.

އަލީ ސީޒަން، އައިމިނަތު ރިޝްފާ، މުހައްމަދު މަނިކް، ޔޫސުފް ޝަފީއުގެ އިތުރުން އާ ތަރިން ކަމަށްވާ ލަހޫ އާއި ވާޝިޔާ މި ފިލްމުން ފެނިގެންދާއިރު މި ފިލްމުގެ ޝޫޓިން އެއްކޮށް ނިންމުމަށް ގިނަވެގެން 20 ދުވަސް ހޭދަވާނެ ކަމަށް ނިއުމާ ސަންއަށް ބުންޏެވެ.

ފިލްމުގެ ޕްރޮޑިއުސަރު ނިއުމާ ބުނީ ފިލްމު އަޅުވާ ތާރީހެއް އަދި ބުނަން ނޭނގޭ ކަމަށާއި ފިލްމުގެ ޝޫޓިން ނިމުމުން ފިލްމު އަޅުވާ ތާރީހު ފައިނަލްކުރާނެ ކަމަށެވެ.

މި ފިލްމަކީ ނިއުމާ ސްކްރީނުން ފެނިގެންދިޔަ އޭނާގެ ވަދާއީ ފިލްމު "ނިވައިރޯޅި"އަށް ފަހު އޭނާގެ ފުރަތަމަ ފިލްމެވެ. މި ފިލްމަކީ ނިއުމާ ޕްރޮޑިއުސްކުރާ ފިލްމެކެވެ.

ރަވީ ފާރޫގް ޑައިރެކްޓްކުރާ "ގޯނާ" އަކީވެސް ނިއުޒޯ ފިލްމްސްގެ ޕްރޮޖެކްޓެކެވެ.

comment ކޮމެންޓް