ރެޑްޥޭވުން ޝާޕްގެ މުޅިން އާ އައިޓަމްސްތަކެއް ތައާރަފްކޮށްފި

ރެޑްވޭވުން ތައާރަފްކުރި ޝާޕް ބްރޭންޑްގެ އާ އައިޓަމްސްތަކެއް--- ފޮޓޯ: ރެޑްވޭވް

ދިވެހިން އެތައް އަހަރެން ވަންދެން އެ ބްރޭންޑެއްގެ ކޮލިޓީ ދެކި ތަޖުރިބާކޮށްފައިވާ، ޝާޕް ބްރޭންޑްގެ މުޅިން އާ އައިޓަމްސްތަކެއް ރެޑްވޭވުން މިއަދު ތައާރަފްކޮށްފަ އެވެ.

ޝާޕްގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާރޝިޕާ އެކު ރެޑްވޭވުން ވަނީ ޝާރޕް ބްރޭންޑުގެ އޭސީ، އައިސްއަލަމާރި އަދި ދޮންނަ މެޝިންގެ މީގެކުރިން ވެސް ރާއްޖޭގެ މާކެޓަށް ތައާރަފްކޮށްފަ އެވެ.

ރެޑްވޭވުން މިފަހަރު ތައާރަފްކުރި އައިޓަމްސްތަކުގެ ތެރޭގައި ޝާޕް ބްރޭންޑްގެ އިސްތިރި، ވެކިއުމް ކްލީނަރު، ފެންކައްކާ ޖަގު، ރައިސް ކުކަރު، އައިސްއަލަމާރީގެ އާ ރޭންޖުތައް، ޝަވާ ހީޓަރު، ދޮންނަމެޝިން، މިކްސަރު، އަވަން، މައިކްރޯވޭވް އަވަން، އެއަރ ޕިއުރިފަޔަރ އަދި އެއަރ ކޫލަރ ހިމެނެ އެވެ. އަދި މީގެ އިތުރުން ހޯމްތިއޭޓަރގެ ފަސް ވައްތަރެއް ވަނީ ތައާރަފްކޮށްފަ އެވެ.

ރެޑްވޭވުން ތައާރަފްކުރި ޝާޕް ބްރޭންޑްގެ އާ އައިޓަމްސްތަކެއް--- ފޮޓޯ: ރެޑްވޭވް

މިފަހަރު ތައާރަފް ކުރި އެންމެ ހާއްސަ އައިޓަމްތަކުގެ ތެރޭގައި ޖަޕާނުން ދުނިޔެއަށް އިންގިލާބް ގެނެސްދީފައިވާ، "ޕްލާޒްމަރކުލަސްޓަރ އިއޯން ޓެކްނޮލޮޖީ" ހިމެނޭ ވައިސާފުކޮށްދޭ އެއަރޕިއުރިފަޔަރ އާއި ހަމަ މި ޓެކްނޮލޮޖީ ހިމެނިގެންދާ އައިސް އަލަމާރި ހިމެނެ އެވެ. ޝާރޕްގެ އެ އެއަރ ޕިއުރިފަޔަރއަކީ މުޅިދުނިޔެއަށް 80 މިލިއަނަށް ވުރެ ގިނަ ޔުނިޓްވިއްކާފައިވާ، އަދި ޖަޕާނާއި އާސިޔާނުގެ ގައުމުތަކުން އެއް ވަނަ އެއަރޕިޔުރިފަރ ބްރޭންޑެވެ.

ވައިގެ ތެރެއަށް ޕޮސިޓިވް އަދި ނެގެޓިވް އަޔޯން ދޫކޮށްލާ އެ ހާއްސަ ޓްކްނޮލޮޖީގެ ސަބަބުން ވަޔަށް އިތުރު ތާޒާކަމެއް ގެނެސްދެ އެވެ. ޝާރޕް އެއަރ ޕިޔުރިފަޔަރ އިން 99 ޕަސެންޓް ބެކްޓީރިއާ އަދި ވައިރަސް، "އެއަރބޯން މޯލްޑް" އަދި ވަސްނައްތާލަދެ އެވެ. އަދިމީގައިވާ "ޓްރޫ ހެޕަރ ފިލްޓަރ" އިން އެލާރޖީ މެދުވެރިކުރުވާ މާއްދާތައް، ހިރަފުސް، ދުން އަދި ޖަނަވާރުގެ ސަބަބުން އުފެދިދާނެ ފަދަ ޖަރާސީމް ނައްތާލަދެ އެވެ.

ހަމަމިއާއި އެކު ޝާރޕްގެ އެއަރ ޕިއުރިފަޔާރގެ ދެ ރޭންޖެއްގައި މައިދިރި ހިފުމަށް ޚާއްސަ "މޮސްކިޓޯ ކެޗަރ" ހިމެނިގެންވެ އެވެ.

ޝާރޕް ރެޑްވޭވުން ލިބިވަޑައިގަންނަވާނީ ސާރވިސް ވޮރަންޓީއާއި އެކުގައެވެ. ސާރވިސް ފޯރުކޮށްދޭނީ ރެޑްވޭވްގެ ޓީމުންނެވެ. ޝާރޕްގެ މި ޕްރޮޓަކްޓްތަކަކީ، އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރޝިޕްގެ ދަށުން ހަމައެކަނި ރެޑްވޭވް ލިބިވަޑައިގަންނަވާނެ ޙާއްސަ، އެކްސްކުލޫސިވް ރޭންޖުތަކެކެވެ.

comment ކޮމެންޓް