އެއާޕޯޓްގެ ފެރީ ކައުންޓަރު ޓެކްސީ ކިއު ސަރަހައްދަށް ބަދަލުކޮށްފި

އެއާޕޯޓުން މާލެއަށް ފުރާ ފެރީގެ ފެރީ ކައުންޓަރު-- ފޮޓޯ:އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހުންނަ ފެރީ ކައުންޓަރު ޓެކްސީ ކިއު ސަރަހައްދަށް ބަދަލުކޮށްފިއެވެ.

އެމްއޭސީއެލްއިން މިއަދު ކުރި ޓުވީޓެއްގައި ބުނީ އެގޮތަށް ނިންމީ އެއާޕޯޓްގެ ހިދުމަތްތައް ބޭނުންކުރާ ފަރާތްތަކަށް ދަތުރުފަތުރުކުރުމުގައި އިތުރު ފަސޭހަތައް ދިނުމުގެ ގޮތުން ކަމަށެވެ.

ކުރިން ފެރީ ކައުންޓަރު ހުންނަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޑޮމެސްޓިކް އެއާޕޯޓް ކުރިމަތީގައެެވެ. ނަމަވެސް މިއަދު ގެނައި ބަދަލާއެކު އިންޓަނޭޝަނަލް އެއާޕޯޓް ޓާމިނަލުން ނިކުންނަ ދިމާލުން ފެރީ ކައުންޓަރު ހުންނާނެއެވެ.

ސިނަމާލެ ބްރިޖު މެދުވެރިކޮށް މާލެއާއި ހުޅުލެ އެއްގަމު މަގުން މިހާރު ގުޅާލައި، ޓެކްސީ ނުވަތަ އެހެނިހެން އެއްގަމު އުޅަނދުގައި އެއާޕޯޓަށް ދެވޭނެ ގޮތްތައް ފަހިވެފައިވާ އިރު، ފެރީގައި ދަތުރުކުރާ މީހުންގެ އަދަދު ވަނީ ކުރިއާ އަޅާ ބަލާއިރު މަދުވެފައެވެ.

comment ކޮމެންޓް