ގދ. ހޯނޑެއްދޫއިން ގެއްލިގެން ހޯދަމުން ދިޔަ ޒުވާނާ ފެނިއްޖެ އެވެ.
އެރަށު ސަތަވަރީގެ އަލީ ޝަޒުވާން މުހައްމަދު ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ ރޭ 9:37 އެހާކަންހާއިރު އެވެ.
އިއްޔެގެ ވަގުތަކުން ފެށިގެން އޭނާ ގެއްލިގެން އާއިލާއިން ވަނީ ރަށު ކައުންސިލަށް އަންގައިފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ރޭ 01:14 ގައި އޭނާ ފެނިފައިވާ ކަމަށް އާއިލާގެ ފަރާތުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
އޭނާ ފެނިފައި ވަނީ އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ނުކުމެ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. އޭނާ ފެނުނު އިރު އޭނާގެ ހާލު ރަނގަޅު ކަމަށްވެ އެވެ.