ކުރިއަށް އޮތް ކައުންސިލް އިންތިހާބްގައި އެމްޑީޕީގެ ޕްރައިމަރީގައި ކުޅުދުއްފުށީ ސިޓީކައުންސިލްގެ މޭޔަރުކަމަށް ދެ ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.
މޭޔަރުކަަމަށް ކުރިމަތިލައްވައިފައިވަނީ އެ ސިޓީ ހިލްމަން މުހައްމަދު އާތިފްް އާއި އަދި އެރަށު މާވިނަގޭ، އަހުމަދު އާތިފް އެވެ.
އެމްޑީޕީން ބުނީ އެރަށުގެ ސިޓީ ކައުންސިލްއަށް އެމްޑީޕީގެ ޓިކެެޓްގައި ވާދަކުރަން 18 މީހުން ޖުމްލަ ކުރިމަތިލި ކަމަށެވެ.
ދާދި ފަހުން ސިޓީއެއްގެ ދަރަޖަ ދިން ކުޅުދުއްފުށީ ސިޓީ ކައުންސިލްއަށް ހަ ދާއިރާއަކަށް ކައުންސެލަރުން ހޮވަން ޖެހެ އެެވެ.
ކުޅުދުއްފުށި ސިޓީގެ އިންތިހާބީ ހަ ދާއިރާ ކަނޑައަޅައި، އެ ސިޓީ ކައުންސިލަށް އަންހެން މެމްބަރުން އިންތިހާބު ކުރާނެ ދެ ދާއިރާ އިލެކްޝަންސް ކޮމިޝަނުން ވަނީ ދާދި ފަހުން ގުރުއަތުން ހޮވާފަ އެވެ.
ކުޅުދުއްފުށީގެ ހަ ދާއިރާ:
ކުޅުދުއްފުށި އުތުރު ދާއިރާ (އާބާދީ އަކީ 1678 މީހުން)
ކުޅުދުއްފުށި ހުޅަނގު އުތުރު ދާއިރާ (އާބާދީ އަކީ 1665 މީހުން)
ކުޅުދުއްފުށި މެދު އުތުރު ދާއިރާ (އާބާދީ އަކީ 1752 މީހުން)
ކުޅުދުއްފުށި މެދު ދެކުނު ދާއިރާ (އާބާދީ އަކީ 1732 މީހުން)
ކުޅުދުއްފުށި ހުޅަނގު ދެކުނު ދާއިރާ (އާބާދީ އަކީ 1736 މީހުން)
ކުޅުދުއްފުށި އިރު ދެކުުނު ދާއިރާ (އާބާދީ އަކީ 1647)
އެގޮތުން އަންހެން ކައުންސިލަރުން އިންތިހާބު ކުރަން ޖެހެނީ، މެދު އުތުރު ދާއިރާ އާއި މެދު ދެކުނު ދާއިރާއަށެވެ.