ރިސޯޓެއްގެ ގޮނޑުދޮށަށް އިންސާނެއްގެ ބޮލުގެ ބައެއް ލައްގައިފި

ގޮަނޑުދޮށަށް ލެއްގި ބޮލުގެ ބައި--- ފޮޓޯ: ފުލުހުން

ރިސޯޓެއްގެ ގޮނޑުދޮށަށް އިންސާނެއްގެ ބޮލުގެ ނާށިގަނޑުގެ ބައެއް ލައްގައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު މެންދުރު ނ. އަތޮޅު ނޮކު މޯލްޑިވްސް ރިސޯޓްއަށް ނާށިގަނޑުގެ ބައެއް ލައްގައިގެން ރިޕޯޓް ކުރި ކަމަށެވެ.

ލެއްގި ނާށިގަނޑުގައި ބައެއް ދަތްތައް ވެސް ހުއްޓެވެ.

އެކަމާ ގުޅިގެން އެ ރިސޯޓަށް ދިއުމަށް މިހާރު ތައްޔާރުވަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މީގެ ކުރިން ވެސް ތަފާތު ޖަނަވާރުތަކާއި އިންސާނުންގެ ހަށިގަނޑުގެ ބައިތައް ރާއްޖޭގެ ގޮނޑުދޮށްތަަކަށް ލައްގާފައިވެ އެވެ.

comment ކޮމެންޓް