ކަސްޓަމްސްގެ އޮފީހެއް އެޅުމަށް މަރަދޫން ބިން ދޫކޮށްފި

ކަސްޓަމްސްގެ އޮފީހެއް އެޅުމަށް މަރަދޫން ބިން ދޫކުރުމަށް ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ކަސްޓަމްސް

ކަސްޓަމްސްގެ އޮފީހެއް އެޅުމަށް އައްޑޫ ސިޓީގެ މަރަދޫން ބިން ދޫކޮށްފިއެވެ.

ބިން ދޫކޮށްފައިވަނީ ކަސްޓަމްސްގެ ސައުތު ރީޖަނަލް ހެޑް އޮފީސް އެޅުމަށް ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

އައްޑޫ ސިޓީގެ މަރަދޫގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި ކަސްޓަމްސްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމަސް އަބްދުﷲ ޝަރީފެވެ. އަދި އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ)އެވެ.

މަރަދޫގައި ރީޖިނަލް ހެޑް އޮފީސް އަޅަން ނިންމިއިރު އައްޑޫ ސިޓީގެ ގަން ކަސްޓަމްސް އޮފީހުގެ އާ އިމާރާތް އެޅުމަށް ހަމަޖެހިފައިވާ ބިމުގެ އެއްބަސްވުމުގައި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްއާއެކު މާދަމާ ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ކަސްޓަމްސްއިން ބުންޏެވެ.

ކަސްޓަމްސްގެ ރީޖަނަލް އޮފީހެއް ކުޅުދުއްފުށި ސިޓީީގައިވެސް ހުރެއެވެ.

comment ކޮމެންޓް