އިކޮނޮމިކް މިނިސްޓްރީގެ ނާއިބު އައިމިނަތު ހަޔާ އެޑިއުކޭޝަންގެ ނައިބުކަމަށް ބަދަލުކޮށްފި

އައިމިނަތު--

އިކޮނޮމިކް މިނިސްޓްރީގެ ނާއިބު އައިމިނަތު މުހައްމަދު ސަލީމް ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ނައިބުކަމަށް ބަދަލުކޮށްފިއެވެ.

އައމިނަތު "ސަން" އަށް ވިދާޅުވީ އޭނާ ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށް ބަދަލުކުރީ ސަރުކާރުގައި އެދިގެން ކަމަށެވެ.

" ވަރަށް ކުރިއްސުރެވެސް އަޅުގަނޑު ދިޔައީ އެކަމަށް އެދެމުން. މިދިޔަ ހަފްތާގައި ބަދަލުކުރީ،" އައިމިނަތު ވިދާޅުވިއެވެ.

ފައިނޭންސް އެންޑް އެކައުންޓިންގެ ދާއިރާއިން ޑިގްރީ ހާސިލްކުރައްވާފައިވާ އައިމިނަތު މީގެ ކުރިން ވަނީ އެމްއެމްއޭގައި ހަތް އަހަރު މެެނޭޖަރެއްގެ ގޮތުގައި މަސައްކަތްވެސް ކުރައްވައިފައެވެ.

އޭގެ އިތުރުން އޭނާ ވަނީ އެޗްޑީސީގެ އެސިސްޓަންޓު ޑިރެކްޓަރުކަން ކުރައްވައިފައެވެ.

އައިމިނަތު އިކޮނޮމިކް މިނިސްޓްރީގެ ނާއިބު ކަމަށް އައްޔަނުކުރީ މިދިޔަ ޑިސެމްބަރުމަހުއެވެ.

comment ކޮމެންޓް