އޭޖީ އޮފީސް ވަގުތީ ގޮތުން ފައްޔާޒުއާ ހަވާލުކޮށްފި

ފައްޔާޒުއާ ރިއްފަތު ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަކަށް ވަޑައިގަންނަވަނީ: އޭޖީ އޮފީސް ވަގުތީ ގޮތުން ވަނީ ފައްޔާޒާ ހަވާލުކޮށްފައި -- ފައިލް ފޮޓޯ/ ރައީސް އޮފީސް

އެޓާނީ ޖެނެރަލް އޮފީސް (އޭޖީ އޮފީސް) ވަގުތީ ގޮތުން އިކޮނޮމިކް މިނިސްޓަރު، ފައްޔާޒު އިސްމާއިލްއާ ހަވާލުކޮށްފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިއަދު "ސަން" އަށް ވިދާޅުވީ، ފައްޔާޒާ އެޖީ އޮފީސް ހަވާލު ކުރީ މި މަހު އަށް ވަނަ ދުވަހުން ފެށިގެން އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ޗުއްޓީއަށް ދިޔުމާ ގުޅިގެންނެވެ.

މިނިސްޓަރު ފައްޔާޒު އަކީ ގިނަ ދުވަސްތަކެއް ވަންދެން ލޯޔަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

އޭޖީ ޗުއްޓީއަށް ދިޔުމުން ފައްޔާޒުއާ ވަގުތީ ގޮތުން އެ އޮފީސް ހަވާލުކޮށްފާވާއިރު، އެއީ އާންމު އުސޫލުގެ ދަށުން އަބަދުވެސް ކުރާ ކަމެކެވެ. އެގޮތުން މީގެ ކުރިން ވަޒީރުން ޗުއްޓީގައި ނުވަތަ ރާއްޖޭއިން ބޭރަށް ފުރަން ޖެހިއްޖެ ނަމަވެސް ވަގުތީ ގޮތުން އެ މިނިސްޓްރީއެއް އެހެން މިނިސްޓަރަކާ ހަވާލުކުރެ އެވެ.

comment ކޮމެންޓް