ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަނީ

ގދ. ފަރެސްމާތޮޑާ: އެރަށުގައި ކޯރާޑިއަކުން ހަމަލާދިން 21 އަހަރުގެ ޒުވާނަކު އިތުރު ފަރުވާ އަށް މާލެ ގެނެސްފި

ގދ. ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީ އިން ކުރި އިއުލާނުގައި ބުނީ ޑިޒައިން އެންޑް ބިލްޑު އުސޫލުން އެ މަސައްކަތްކޮށްދޭނެ ބަޔަކު ހޯދަނީ ޕްލޭނިން މިނިސްޓްރީގެ އެދުމުގެ މަތިން ކަމަށެވެ.

މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތެއް ހޯދާނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން އުސޫލުން ކަމަށް ފިނޭންސް އިން ބުންޏެވެ.

ބީލަމުގައި ބައިވެރިވުމަށް 1500 ރުފިޔާ (100 ޑޮލަރު)ގެ ނަން ރިފަންޑަބްލް ފީ އެއް ދައްކަން ޖެހެ އެވެ.

ޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 500،000 ރުފިޔާ (ނުވަތަ އެ އަދަދާ އެއްވަރެއްގެ އަދަދެއް ޑޮލަރުން) ހުށަހަޅަން ޖެހެ އެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.

ބިޑް ހުޅުވުން އޮންނާނީ އަންނަ މަހުގެ 13 ވަނަ ދުވަހު ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.

ގދ ފަރެސްމާތޮޑާ - ފަރެސްމާތޮޑާ އެއާޕޯޓު އަދި މަޑަވެލި - ހޯޑެއްދޫ ގުޅާލާ ކޯޒްވޭގެ ޑިޒައިން މަސައްކަތާއި އީއައިއޭގެ މަސައްކަތް ކުރަން 174،661.50 ރުފިޔާ އަށް ބަޔަކާ ވަނީ ހަވާލުކޮށްފަ އެވެ.

މިދިޔަ މަހުގެ ތެރޭގައި ޓްރާންސްޕޯޓު މިނިސްތަރު އާއިޝަތު ނަހުލާ ވިދާޅުވީ ފަރެސްމާތޮޑާ އެއާޕޯޓްގެ ރަންވޭގެ މަސައްކަތަށް ބަދަލެއް އައި ނަމަވެސް ކަނޑައަޅާފައިވާ މުއްދަތަށް އެ އެއާޕޯޓުގެ މަސައްކަތްވެސް ނިމޭނެ ކަމަށެވެ. ފަރެސްމާތޮޑާ އެއާޕޯޓަށް އައި ބަދަލެއް މިނިސްޓްރީ އިން ހާމައެއް ނުކުރެ އެވެ.

މީގެ ކުރީގެ ޕްލޭނަށް ބަލާއިރު އެއާޕޯޓް އެޅުމަށް ހިން ބިން ހިއްކުމުގެ މަޝްރޫއު ނިމޭއިރު ފަރެސްމާތޮޑާގެ އިރުމަތިން ކައިރިކައިރީގައި އޮންނަ ކަނޑައްދުވާ، ހަންޑައިދުވާ، ދޫނިރެހާ، ކާޅެހުއްޓާ، އަދި މާރެހާ އެއްކޮށްލާނެ އެވެ. އެކަމާމެދު ގިނަބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ފަރެސްމާތޮޑާ އެއާޕޯޓު އެޅުމަށް ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ގަލްފް ކޮބްލާ ޓެންސާއާ އެވެ.

އެއާޕޯޓު އަޅަން ބޭނުންވާ ބިން ހިއްކައި، ފަސްގަނޑު އެއްވަރުކޮށް ގޮނޑުދޮށް ހިމާޔަތް ކުރުމަށް 2.5 މިލިއަން ޑޮލަރު ހަރަދުކުރާނެ އެވެ. މި މަސައްކަތް ނިންމަން އެކުންފުންޏާ ހަވާލުކުރީ 2018 ވަނަ އަހަރުގެ ޖޫން މަހު އެވެ.

https://sun.mv/109078

comment ކޮމެންޓް