ކޭޝްކާޑެއް ވަގަށް ނަގައި ބޭނުންކޮށްގެން މީހަކު ހައްޔަރުކޮށްފި

މީހަކު ކޭޝް ކާޑަކުން ހިދުމަތް ހޯދަނީ ----- ޕޮލިސް ފައިލް ފޮޓޯ

ކޭޝްކާޑޭއް ވަގަށް ނަގައި އެ ކާޑު ބޭނުންކުރި މައްސަލައެއްގައި 38 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ ގއ. ކަނޑުހުޅުދޫގައި ދުއްވާ ދޯންޏެއްގައި މަސައްކަތްކުރާ މީހެއްގެ ދަބަސް ތެރޭ އޮތް ވޮލެޓަކުން ކޭޝްކާޑެއް ވަގަށް ނަގައި، އެ ކާޑު ބޭނުންކޮށްގެން 6،000 ރުފިޔާ ވަގަށް ނެގި މައްސަލައެއް ރޭ ހުށަހެޅިފައިވާ ކަމަށެވެ.

އެ މައްސަލާގައި ތުހުމަތު ކުރެވޭ ބަޔަކު ގއ. ވިލިނގިލި ބޭންކް ޖެޓީ އަށް ޑިންގީއެއްގައި ކައިރިކުރި ވަގުތު ފުލުހުން އެ މީހުން ބަލާ ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެމީހުން ހުއްޓުވާ، ބަލާ ފާސްކުރި އިރު ވަގަށް ނަގާފައިވާ ފައިސާގެ ތެރެއިން 5،590 ރުފިޔާ ފެނިފައިވާ ކަމަށެވެ. އަދި ވަގަށް ނަގާފައިވާ ކޭޝްކާޑު މޫދުން ހޯދާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް