ހެރީއާއި މޭގަންގެ ނިންމުމަށް ރާނީ ރުހުން ދެއްވައިފި

އިނގިރޭސި ރާނީ އެލިޒަބަތު އަދި ޕްރިންސް ހެރީއާއި އަނބިކަނބަލުން މޭގަން މާކަލް ---

އިނގިރޭސި ވަލީއަހުދުގެ ދަރިކަލުން ޕްރިންސް ހެރީއާއި އަނބިކަނބަލުން މޭގަން މާކަލް، އިނގިރޭސި ޝާހީ އާއިލާއިން އެކަހެރިވެ، މާލީ ގޮތުން މިނިވަން ބަޔަކަށް ވުމަށް ނިންމެވި ނިންމެވުމަށް ރާނީ އެލިޒަބަތު (ދެވަނަ) ރުހުން ދެއްވައިފިއެވެ.

ހެރީގެ ދެމަފިރިކަނބަލުން ޝާހީ އާއިލާއިން "އެކަހެރިވުމަށާއި" އިނގިރޭސި ދައުލަތަށް ބަރޯސާވުމުގެ ބަދަލުގައި މާލީގޮތުން މިނިވަން ބަޔަކަށް ވުމުގެ އިތުރުން އެ ދެމަފިރިކަނބަލުންގެ ވަގުތުތައް އިނގިރޭސިވިލާތާއި އެމެރިކާގައި އެއްވަރަކަށް ހޭދަކުރެއްވުމަށް ނިންމެވި ނިންމެވުން އިއުލާނުކުރެއްވީ މިދިޔަ ބުދަ ދުވަހުއެވެ.

އެއާއެކު އިނގިރޭސި ޝާހީ އާއިލާއިން އެކަމާ މެދު ނުތަނަވަސްކަން ހާމަކުރައްވައި، ހެރީގެ ދެކަނބަލުންނާ މަޝްވަރާކުރެއްވުމަށް މަސައްކަތްކުރާކަން ހާމަކުރިއެވެ.

ހެރީއާއި މޭގަން ޝާހީ އާއިލާއިން އެކަހެރިވުމަށް ނިންމި ނިންމުމާ ގުޅޭގޮތުން އާއިލާގެ އިސް ބޭފުޅުންގެ ކުއްލި މަޝްވަރާ ބައްދަލުވުމެއް ރާނީ ބޭއްވެވިއެވެ.

އެ ބައްދަލުވުމަށްފަހު، އުމުރުފުޅުން 93 އަހަރުގެ ރާނީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެންމެ އެދެވިގެންވާ ގޮތަކީ އެ ދެމަފިރިކަނބަލުން ޝާހީ އާއިލާގެ އިސް މެމްބަރުންގެ ގޮތުގައި ދެމިތިއްބެވުން ކަމަށެވެ. އެހެން ނަމަވެސް އެ އާއިލާއިން އެކަހެރިވެ، އަމިއްލަ ދިރިއުޅުމެއް ބިނާކުރުމަށް އެދިވަޑައިގަންނަވާ އެދިވަޑައިގަގަތުން ގަބޫލުކޮށް، އެއަށް އިހުތިރާމުކުރައްވާކަމަށް ރާނީ ވިދާޅުވިއެވެ.

ހެރީއާއި މޭގަން ޝާހީ އާއިލާއިން އެކަހެރިވެ، އަމިއްލަ އާއިލާއެއް ބިނާކުރުމަށް ނިންމި ނިންމުމަށް ތާއީދުކުރައްވާ ކަމަށެވެ.

"އަމިއްލަ ކުޑަ އާއިލާއެއްގެ ގޮތުގައި އާ ހަޔާތެއް ފެށުމަށް ހެރީއާއި މޭގަން އެދިވަޑައިގަންނަވާ އެދިވަޑައިގަތުމަށް އަހަރެންނާއި އަހަރެންގެ އާއިލާ ފުރިހަމައަށް ތާއީދުކުރަން،" ރާނީ ވިދާޅުވިއެވެ.

https://sun.mv/129946

ޕްރިންސް ހެރީއާއި އަނބިކަނބަލުން ކުރީގެ ފިލްމީތަރި މޭގަން މާކަލް ޝާހީ އާއިލާއާ ދުރަށް ވަޑައިގަތުމަށް ނިންމެވުމުން އިނގިރޭސި ޓެބްލޮއިޑް ނޫސްތަކުން ދިޔައީ މޭގަންއާ ދިމާލަށް ނަފުރަތާއި އެކި ކަހަލަ ފާޑުކިޔުން އަމާޒުކުރަމުންނެވެ. އަދި މޭގަން މަސައްކަތްކުރަނީ ޝާހީ އާއިލާ ބައިބައިކުރުމަށް ކަމަށް ފަދަ ވާހަކަތައް ނޫސްތަކުން ފަތުރަމުން ދެއެވެ. މީގެ ކުރިންވެސް މޭގަންއަށް އިނގިރޭސި މީޑިއާގެ ހަމަލާތަކާއި ނަސްލީ ފުރައްސާރަތައް އަމާޒުކުރަމުން ދިޔައެވެ.

މިކަންކަމާ ޕްރިންސް ހެރީ ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައި، އިނގިރޭސި މީޑިއާއިން މޭގަންއާ މެދު އަމަލުކުރަމުން ދަނީ އޭނާގެ މަންމާފުޅު ޕްރިންސެސް ޑަޔާނާއާ މެދުވެސް އަމަލުކުރި ދެރަ އަދި ނަފުރަތު އުފެދެނިވި ގޮތްތަކަށް ކަމަށް ސިފަކުރައްވައިފައެވެ.

comment ކޮމެންޓް