ވީއައިއޭ އިން ކަރަންޓު ކެނޑި، ހިދުމަތަށް ބުރޫ އަރައިފި

ވީއައިއޭގައި މަތިންދާބޯޓުތަކެއް -- ފޮޓޯ :އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުް (ވީއައިއޭ)އިން ކަރަންޓު ކެނޑިއްޖެ އެވެ.

އެއަޕޯޓު ހިންގާ އެމްއޭސީއެލް އިން ބުނީ އެއާޕޯޓުން ކަރަންޓު ކެނޑިފައިވާ ކަމަށާއި ކަރަންޓު ކެނޑެން ދިމާވި ސަބަބު ދެނެގަނެ އެއާޕޯޓަށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ގިނަ ބަޔަކު ފުރަންގޮސް ތިބި އިރު ޗެކް އިންވެސް ހުއްޓިފައިވާ ކަމަށް އެއާޕޯޓުގައި ތިބި މީހުން ސޯޝަލް މީޑިއާގައި ބުނެފައިވެ އެވެ. އަދި ބައެއް އޭސީތަކުން ފެން ފައިބަމުންދާ ކަމަށް ބުންޏެވެ.

ފަތުރުވެރިކަމުގެ ހައި ސީޒަނަށް ވާއިރު މިއީ އެއާޕޯޓަށް ބާރު ބޮޑު ދުވަސްވަރެކެވެ.

މިދިޔަ މަހުގެ ތެރޭގައިވެސް ބާރުބޮޑު ވަގުތެއްގައި އެއާޕޯޓުން ވަނީ ކަރަންޓު ކެނޑިފައެވެ. ނަމަވެސް އެފަހަރު ބެކްއަޕް ސިސްޓަމް ބޭނުންކޮށްގެން ކަރަންޓު ދީފައިވާކަމަށާއި އެއްވެސް އޮޕަރޭޝަނަކަށް ބުރޫ ނާރާ ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.

comment ކޮމެންޓް