ދިވެހި ފިލްމު "ބަވަތި" ލީކުކޮށްލައިފި

"ބަވަތި"ގެ 3ޑީ ޕޯސްޓަރު--- ފޮޓޯ/ ފޭސްބުކް

މިދިޔަ އަހަރު ނުކުތް އެންމެ ކާމިޔާބު އެއް ފިލްމު "ބަވަތި" ލީކުކޮށްލައިފި އެވެ.

މުޅި ފިލްމީ ދާއިރާއަށް އަލަށް ފެޅި ކުރި އެއްކަމަށްވާ "އައި ފިލްމްސް"ގެ ފުރަތަމަ ފީޗާ ފިލްމު "ބަވަތި" ލީކުކޮށްލާފައިވަނީ ފޭސްބުކްގަ އެވެ.

އެ ފިލްމު އެފްބީގައި ލީކުކުރުމާއެކު ގިނަ ބަޔަކު އަންނަނީ އެ ފިލްމު ޝެއާކުރަމުންނެވެ. ފިލްމު ލީކުކޮށްލާފައިވަނީ މިދިޔަ ހުކުރު ދުވަހުގަ އެވެ.

މުޅިން އާ ޑައިރެކްޓަރަކާ ޕްރޮޑިއުސަރަކާއި ތަރިންތަކަކާ އެކީ އުފެއްދި ސައިކޮލޮޖިކަލް ތްރިލާ "ބަވަތި" ވެގެން ގޮސްފައިވަނީ މިދިޔަ އަހަރު ދިވެހި ސިނަމާގައި އެންމެ ވިދާލި ފިލްމަށެވެ.

އާސިމް އަލީ އަދި އަހްމަދު ވަހީދު ޕްރޮޑިއުސްކޮށް އުފައްދާފައިވާ އެ ފިލްމު ޑައިރެކްޓްކުރީ އިލްޔާސް ވަހީދެވެ. ފިލްމުގެ ލީޑު ދެ ތަރިންނަކީ މަޝްހޫރު ފިލްމީތަރި ނުޒުހަތު ޝުއައިބު އާއި އަހްމަދު އިފްނާޒް ފިރާގެވެ.

comment ކޮމެންޓް