ސީޒަންގެ އަނދިރިކަން ރިލީޒްކުރާނީ މާޗުގައި

ފިލްމުގެ ޕޯސްޓަރެއް--

ރާއްޖޭގައި އުފެދުނު އެންމެ މަގްބޫލު އެކްޓަރު އަލީ ސީޒަން ޑައިރެކްޓްކޮށް އޭނާ ލީޑު ރޯލު ކުޅޭ ފިލްމު "އަނދިރިކަން" އަޅުވާ ތާރީހު ހާމަކޮށްފި އެވެ.

ސީޒަން ބުނީ ފިލްމު އަނދިރިކަން އަޅުވާނީ މާޗު މަހުގެ ހަތަރު ވަނަ ދުވަހު ކަމަށެވެ.

މިދިޔަ އަހަރު އޮކްޓޫބަރު 22ގައި ނެެރުމަށް އަމާޒުހިފި މި ފިލްމު ވަނީ މިދިޔަ އަހަރު އެޅުވޭ ގޮތް ނުވެފަ އެވެ. ފިލްމުގެ ޓިކެޓް ވިއްކަން ފެށި ނަމަވެސް އެ ފަހަރު ފިލްމު އެޅުވޭގޮތް ނުވީ ފިލްމުމުގެ ޕްރޮޖެކްޓް ފައިލަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށް ސީޒަން އޭރު ބުނެފައިވެ އެވެ.

ޖުމްލަ ތިން ލަވަ ހިމެނޭ "އަނދިރިކަން" ފިލްމުގެ ލީޑު ތަރީންގެ ގޮތުގައި ފެނިގެންދާނީ ސީޒަން އަދި އައިމިނަތު ރިޝްފާގެ އިތުރުން ޝީލާ ނަޖީބެވެ. އެ ތަރީންގެ އިތުރުން ފިލްމުން ފެނިގެންދާނީ މަރިޔަމް ޝަކީލާ، ޒީނަތު އައްބާސް އަދި އަހްމަދު ސައީދެވެ.

comment ކޮމެންޓް