ޑެވޮންޑޭލް ކޭހެއް ގަތުމުން އިނާމު ލިބޭ ޕްރޮމޯޝަނެއް އެސްޓީއޯއިން ފަށައިފި

ގަންނަ ކޮންމެ ޑެވޮންޑޭލް ކޭހަކާ އެކު އިނާމެއް ލިބޭނެ --

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)އިން "ބެކް ޓު ސްކޫލް"ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.

އެ ޕްރޮމޯޝަނުގެ ދަށުން އެސްޓީއޯ ސުޕަމާޓުން ވިއްކާ ޑެވޮންޑެލް ފުލް ކްރީމް 200 މިލިލީޓަރުގެ ޕެކެޓުގެ ކޭހެއް ގަތުމުން އިނާމެއް ލިބިގެންދާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.

އެ ޕްރޮމޯޝަންގެ ތެރޭގައި 24 ޕެކެޓް ހިމެނޭ ޑެވޮންޑެލް ފުލް ކްރީމް ކޭހެއް ވިއްކަމުންދާނީ 170 ރުފިޔާއަށެވެ.

އެސްޓީއޯއިން ބުނި ގޮތުގައި އެ ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޑެވޮންޑޭލް އަކީ އޮސްޓުރޭލިޔާގެ ނަމްބަރު ވަން ޔޫއެޗްޓީ މިލްކްގެ އިތުރުން ރާއްޖޭގައިވެސް އެންމެ އިތުބާރު ލިބިފައިވާ އަދި ރާއްޖޭގެ ގިނަ ބަޔަކު ބޭނުން ކުރަމުންދާ މިލްކް ބްރޭންޑެއް ކަމަށް އެސްޓީއޯއިން މީގެ ކުރިން ބުނެފައިވެއެވެ.

އެސްޓީއޯއަކީ ވޭތިވެދިޔަ 20 އަހަރު ޑެވޮންޑޭލްގެ އޮތޮރައިޒްޑް ޑިސްޓުރިބިއުޓާގެ ގޮތުގައި ޑެވޮންޑޭލް ރާއްޖެ އެތެރެކޮށް ވިއްކަމުންދާ ފަރާތެވެ.

comment ކޮމެންޓް