ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނި ދެ ޓޫރިސްޓެއްގެ މައްސަލަ ބަލަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް ފުރަން ގޮސް ތިބެ ދެ ފަތުރުވެރިއަކު، ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނެ އިންޒާރުދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިއަދު ހެނދުނު 07:51 ހާއިރު، އެއާޕޯޓަށް ފުރަން ގޮސްތިބި ދެ ފިރިހެން ފަތުރުވެރިޔަކު، ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނެ އެއާޕޯޓު އޭވިއޭޝަންގެ މުވައްޒަފުންނަށް އިންޒާރުދިން މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ.

ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނެ އިންޒާރު ދީފައިވަނީ ސެނެގާލް މީހަކާއި ސްވިޒަލެންޑުގެ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އެވަގުތު އެ ދެމީހުން ތިބީ މަސްތުގެ ހާލަތުގައި ކަމަށް ބެލެވޭ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުން ބުނީ މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި މައްސަލައާ ގުޅުގެން ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް