ސީޒަންގެ "ލޯބިވެވިއްޖެ"ގެ ތިނަދޫ ޝޫޓިން ނިންމާލައިފި

ފިލްމުގެ ޝޫޓިންގެ ތެރެއިން---

ފިލްމު ކުންފުނި އެސް ޕްރޮޑަކްޝަންސް‘ ލޯންޗުކުރި ލޯބިވެވިއްޖެގެ ތިނަދޫގެ ޝޫޓިންތައް ކާމިޔާބު ކަމާއެކީ ނިންމާލައިފި އެވެ.

ސީޒަން ބުނީ އެ ރަށުގެ ޝޫޓިން ކާމިޔާބުކަމާއެކީ ނިންމާލައިފައިވާ ކަމަށާއި މިއަދުގެ ވަގުތެއްގެ ފްލައިޓަކުން މާލެ އައުމަށް ހަމަޖެހިފައިވާ ކަމަށެވެ. ޝޫޓިން ދިޔަ ގޮތާ މެދު ހިތްހަމަޖެހޭ ކަމަށާއި ބާކީ ހުރި މަންޒަރުތައް ނެގުމަށް ހަމަޖެހިފައި ވަނީ މާލޭގަ އާއި ލަންކާގައި ކަމަށެވެ.

މި ފިލްމުގެ ޝޫޓިން ފެށީ މިދިޔަ މަހުގެ 24 ވަނަ ދުވަހުގަ އެވެ. ކުޅަދާނަ ބަތަލު އަލީ ސީޒަންގެ "ލޯބިވެވިއްޖެ" ލޯންޗުކޮށްފައިވާއިރު އެ ފިލްމަކީ މި އަހަރު ސިނަމާތަކުގައި އެޅުވުމަށް ކަނޑައަޅަފައިވާ ދިވެހި ފިލްމެކެވެ.

ފިލްމު އިންޑަސްޓްރީގައި މިހާރު އެންމެ ބާރަށް ފިޔަޖަހަމުން އަންނަ ބަތަލާ މަރިޔަމް އައްޒަ، އަލީ އާޒިމް (ދޮން އައްޔަ)، އިރުފާނާ އިބްރާހިމް (އިރޫ) އަދި އަހްމަދު އީސާ (އާނަންދު) އެވެ. އަދި ޢަލީ ޝަމީލް ވެސް ފިލްމުން ފެނިގެންދާނެ އެވެ.

comment ކޮމެންޓް