ވިލިމާލޭގައި މަސްމާރުކޭޓެއް އަޅައިދޭނެ ބަޔަކު ހޯދަނީ

ވިލިމާލެ ބަނދަރު ސަރަހައްދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވިލިމާލޭގައި މަސްމާރުކޭޓެއް އަޅައިދޭނެ ބަޔަކު ހޯދުމަށް އިއުލާނުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީ އިން ކުރި އިއުލާނެއްގައި ބުނީ އެލްޖީއޭގެ އެދުމުގެ މަތިން ވިލިމާލޭގައި އަޅާ މަސްމާރުކޭޓުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާނު ކުރާ ކަމަށެވެ.

މި މަސައްކަތް ކޮށްދިނުމަށް ކުރިމަތިލާ ފަރާތަކީ ޕްލޭނިން މިނިސްޓްރީގެ "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީ ވެފައިވާ ފަރާތަކަށް ވާންޖެހޭނެ ކަމަށް އިއުލާނުގައި ވެއެވެ.

ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނަން ރިފަންޑަބަލް ފީ އެއް ދައްކަންޖެހޭއިރު ޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 33،000 ރުފިޔާ ހުށަހަޅަން ޖެހެއެވެ.

ބީލަން ހުޅުވުން އޮންނާނީ އަންނަ ފެބްރުއަރީ މަހުގެ ފަސް ވަނަދުވަހު 11:00 ގައި ފިނޭންސް މިނިސްޓްރީގައި ކަމަށް އިއުލާނުގައި ވެއެވެ.

މާލޭގެ ފަސްވަނަ އަވަށް، ވިލިމާލޭގެ އާބާދީ 10،000 އިން މަތީގައި އުޅޭއިރު އެ އަވަށުގައި ރަނގަޅު ފެންވަރުގެ މަސްމާރުކޭޓެއް ނެތުމަކީ ރައްޔިތުންގެ ޝަކުވާއެކެވެ.

comment ކޮމެންޓް