ޑާކްރެއިންގެ "ނޮވެމްބަރު"ގެ ފަހު އަޕްޑޭޓްތައް

ނޮވެމްބަރުގެ ޝޫޓިންގެ ތެރެއިން ޖުމަލް---

ޑާކްރެއިން އެންޓަޓެއިންމަންޓްގެ ކުރިއަށް އޮތް ފިލްމު "ނޮވެމްބަރު"ގެ ފުރަތަމަ އެޑިޓިން ނިމި ބާކީ ހުރި މަސައްކަތްތައް ފަށައިފި އެވެ.

މި އަހަރު ސްކްރީނު ކުރުމަށް އަމާޒު ހިފާފައިވާ އެ ފިލްމު ކުންފުނީގެ އެންމެ ބޮޑު އެއް ފިލްމު ނޮވެމްބަރުގެ 98 ޕަސެންޓް މިހާރު ވަނީ ޝޫޓްކޮށް ނިމިފަ އެވެ. ފިލްމުގައި ޝޫޓްނުކޮށް އިނީ ދެތިން މަންޒަރެކެވެ.

ފިލްމު ނޮވެމްބަރު ގައި މަޖޫ--

ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ ޑަބިންގެ މަރުހަލާއަށް ފިލްމު ގޮސްފައިވާ ކަމަށެވެ. އަދި ފޯކަސް ގްރޫޕްތަކަށް ފިލްމު ދެއްކުމުން، އެމީހުން ފީޑްބެކް ތައް ވެސް ލިބި ކަންތައްތައް ރަނގަޅު ކުރަމުން އަންނަ ކަމަށެވެ. މޮގާ ބުނީ އެ އެންމެން ވެސް ފިލްމު ރީތިކަމަށް އިއްތިފާގުވާ ކަމަށެވެ.

ޑާކްރެއިންގެ ފިލްމު "ނޮވެމްބަރު" މި އަހަރު ތެރޭ ރިލީޒްކުރުމަށް ނިންމި ނަމަވެސް ރިލީޒްކުރާ ތާރީހެއް ހާމަކޮށްފައެއް ނުވެ އެވެ. އެކަމާ ގުޅިގެން މޮގާ ބުނީ ފިލްމު އެޅުވޭނެ ތާރީހެއް ނޭނގޭ ކަމަށާއި ފިލްމުތައް ދެއްކުމަށް އޮލިމްޕަސް ކުއްޔަށް ދޫކުރަން އަދި ފަށާފައިނުވާ ކަމަށެވެ.

ފިލްމުގެ މަންޒަރެއް---

މަރިޔަމް މަޖުދާ އަދި ޖުމައްޔިލް ނިމާލު ލީޑު ރޯލުން ފެނިގެންދާ އެ ފިލްމުގެ ސްކްރިޕްޓް ތައްޔާރުކޮށްފައި ވަނީ އައިޝަތު ފުއާދު ތައުފީގު އަދި އަހްމަދު ތޮލާލު އެވެ. އަލީ ޝިފާއު (ޗިއްޕެ) އަދި އައިޝަތު ފުއާދު ޑައިރެކްޓްކުރާ "ނޮވެމްބަރު"ގެ ޕްރޮޑިއުސަރުންނަކީ މޮގާ އަދި އައިޝަތު ފުއާދެވެ. ފިލްމުގެ ސިނަމޮޓޮގްރަފީ ތައްޔާރުކުރާނީ އަހްމަދު ޝިނާން އަދި އަލީ ޝިފާއު އެވެ.

comment ކޮމެންޓް