ލަންކާއިން ހަ ދިވެހީން ހައްޔަރުކޮށްފި

ސްރީލަންކާ: އެގައުމުން ވަނީ ހަ ދިވެހިން ހައްޔަރުކޮށްފައި -- ފައިލް ފޮޓޯ: އޭޕީ

ގިނަ އަދަދެއްގެ ދިވެހީން ދިރިއުޅެމުންދާ އަވަށްޓެރި ސްރީލަންކާ އިން ހަ ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ، ލަންކާ ފުލުހުންގެ ބެލުމުގެ ދަށަށް މިއަދު ގެންދެވުނު ހަ ދިވެއްސަކަށް ކޮޅުނބުގައި ހުންނަ ރާއްޖޭގެ އެމްބަސީއިން ގެންދަނީ ކޮންސިއުލަރ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ. އަދި އެމްބަސީގެ ކޮންސިއުލަރ ސްޓާފުން މިވަގުތު ވެސް އެ ދިވެހިން ހައްޔަރު ކޮށްފައި ތިބި ޕޮލިސް ސްޓޭޝަންގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. ނަމަވެސް އިތުރު ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

އެނގިފައިވާ ގޮތުގައި އެ ހަ ދިވެހީން ހައްޔަރު ކޮށްފައިވަނީ ވިސާގެ މުއްދަތު ހަމަވެ ގަވާއިދާއި ޚިލާފަށް އެގައުމުގައި ދިރިއުޅެމުންދާ ކަމަށް ތުހުމަތު ކޮށްފަ އެވެ. މީގެ ކުރިން ވެސް އެފަދަ ތުހުމަތުތަކުގައި ލަންކާއިން ބައެއް ދިވެހިން ހައްޔަރުކޮށްފައިވެއެވެ.

comment ކޮމެންޓް