ސެމްސަންގުން 6.7 މިލިއަން 5ޖީ ފޯނު ވިއްކައިފި

ސެމްސަންގް ގެލެކްސީ އެސް10ގެ 5ޖީ ޑިވައިސްއެއް -- ފޮޓޯ: ދަ ވާޖް

މިދިޔަ 2019 ވަނަ އަހަރު ސެމްސަންގުން 6.7 މިލިއަން 5ޖީ ފޯނު ވިއްކާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ސެމްސަންގުން އާންމު ކުރި ސްޓޭޓުމެންޓެއްގައި ބުނީ އެކުންފުނިން ނެރެފައިވާ ސެމްސަންގް ގެލެކްސީ އެސް10 5ޖީ އަދި ގެލެކްސީ ނޯޓު 10 ޕްލަސް 5ޖީގެ ޖުމްލަ 6.7 މިލިއަން ފޯނު މިދިޔަ އަހަރު ވިކުނު ކަމަށާއި މިއީ އެކުންފުނިން ލަފާކުރި އަދަދަށްވުރެ ގިނަ އަދަދެއް ކަމަށެވެ.

ދުނިޔޭގައި އަދި 5ޖީ ނެޓްވޯކު ފައްކާކުރެވިފައި ނުވާއިރު 6.7 މިލިއަން ފޯނު ވިކުމަކީ ސެމްސަންގަށް ލިބުނު ބޮޑު ކާމިޔާބީ އެކެވެ. ޔޫރަޕްގެ އެންމެ ބޮޑު ޓެކް ޝޯ އައިއެފްއޭ 2019ގައި ސެމްސަންގުން ވަނީ ދެ މިލިއަން 5ޖީ ޑިވައިސް ވިއްކައިފަ އެވެ. ކުރިން ލަފާކޮށްފައިވާ ގޮތުން 2019 ވަނަ އަހަރު ސެމްސަންގުގެ 5ޖީ ޑިވައިސްތަކުގެ ސޭލްސް އުޅޭނީ ހަތަރު މިލިއަނުގަ އެވެ.

މި ފެށުނު 2020 ވަނަ އަހަރަކީ 5ޖީ ޑިވައިސްތަކަށް ބޮޑު އަހަރަކަށް ވާނެ އެވެ. މިދިޔަ އަހަރާ ހިލާފަށް މިއަހަރު ބާޒާރަށް ނެރޭ ގިނަ ފޯނުތަކުގައި 5ޖީ ހިމަނާނެ އެވެ. މި އަހަރު ނެރޭ ފޯނުތަކުގައި 5ޖީ ސަޕޯޓު ކުރާ ވަކި މޮޑެލްތަކެއް ހިމެނުމުގެ ބަދަލުގައި ހުރިހާ ޑިވައިސްއެއްގައި މި ޓެކްނޮލަޖީ ބޭނުން ކުރާނެ ކަމަށް ބެލެވެ އެވެ.

އެޕަލް އިން ވެސް އެމީހުންގެ ފުރަތަމަ 5ޖީ ޑިވައިސް މި އަހަރު ބާޒާރަށް ނެރޭނެ އެވެ.

comment ކޮމެންޓް