ރައީސް ސްރީލަންކާއަށް ފުރާވަޑައިގެންފި

އޯއައިސީ ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް ފުރާވަޑައިގެންނެވުން --- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނުރަސްމީ ދަތުރުފުޅެއްގައި، މިއަދު ސްރީލަންކާއަށް ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސް އެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ކަމަށެވެ.

އަންނަ މަހުގެ ތިން ވަނަ ދުވަހަކީ ރައީސްގެ އުފަން ދުވަސްވެސް މެއެވެ.

ސްރީލަންކާގައި ރައީސްގެ ބައެއް އާއިލީ ބޭފުޅުން މިހާރުވެސް ދިރިއުޅުއްވަމުން ގެންދަވައެވެ.

މިއަހަރުގެ ބޮޑު އީދު ބަންދުގެ ޗުއްޓީ ވެސް ރައީސް ލަންކާއަށް ވަޑައިގަތެވެ.

ރައީސް ސޯލިހް މިދިޔަ ފެބްރުއަރީމަހު ސްރީ ލަންކާގެ ކުރީގެ ރައީސް މައިތުރިޕާލާ ސިރިސޭނާގެ ދައުވަތަކަށް ރަސްމީ ދަތުރެއްގައި އެގައުމަށް ވަޑައިގެންނެވިއެވެ.

ރައީސް ސޯލިހް އެންމެ ފަހުން ވަޑައިގެންނެވީ ޔުނައިޓެޑް އަރަބި އެމިރޭޓްސްއަށެވެ. ރަސްމީ ދަތުރެއްގައި ރައީސް ޔޫއޭއީއަށް ވަޑައިގެންނެވީ އަބޫދާބީގެ ވަލީ އަހުދު، ހިޒް ހައިނެސް ޝައިހް މުހައްމަދު ބިން ޒައިދު އަލް ނަޙްޔާންގެ ދައުވަތަކަށް، ކުރެއްވި ދަތުރުފުޅެކެވެ.

comment ކޮމެންޓް