"މަސްދަޅު ހަދިޔާ" ހަމަވެ، ސީރިއާ އަށް!

"މަސްދަޅު ހަދިޔާ" ބަންދުކުރަނީ ---

ސިރިއާގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވާން ރާއްޖޭގެ ޖަމިއްޔާއެއް ކަމަށްވާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން "މަސްދަޅު ހަދިޔާ"ގެ ނަމުގައި ފެށި ކެމްޕެއިނަށް ބޭނުންވާ އަދަދަށް މަސްދަޅު ލިބިއްޖެ އެވެ.

އައިއޭއެސް އިން މިދިޔަ އޮކްޓޯބަރު މަހުގައި ފެށި ކެމްޕެއިނަކީ ސީރިއާއަށް ކޮންޓެއިނަރެއްގެ މަސްދަޅު ގެންދިޔުމަށް ކުރިއަށް ކެމްޕެއިނެކެވެ. އެ ކެމްޕެއިނަށް ބޭނުންވާ އަދަދު ހަމަވުމުން މިހާރު އެތަކެތި ގެންގޮސްދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އައިިއޭސީއިން ބުނެއެވެ.

އައިއޭސީއިން ބުނިގޮތުގައި މިމަހުގެ 25ގެ ނިޔަލަށް އެ ޖަމިއްޔާއަށްވަނީ 1،800 ކޭސް މަސްދަޅު ލިބިފައިވާ ކަމަށެވެ. އެއީ ފައިސާގެ ގޮތުން ބަލާނަމަ 1.3 މިލިއަން ރުފިޔާއެވެ. އަދި މަސްދަޅުގެ ރޭޓުން ބަލާނަމަ އެއީ 86،400 މަސްދަޅެވެ.

އެ ޖަމިއްޔާއިން ބުނާގޮތުގައި އެ ކެމްޕެއިންގެ ދަށުން މި އަންނަ ފެބްރުއަރީގެ ކުރީން ސީރިއާގެ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް މަސްދަޅު ފޯރުކޮށްދިނުމަށް މަސައްކަތް ކުރާނެއެވެ.

ދެ މަހަށް ކުރިއަށް ގެންދިޔަ ކެމްޕޭނަށް މަސްދަޅު ފޯރުކޮށްދިން ހުރިހާ ފަރާތްތަކަށް އެ ޖަމިއްޔާއިން ވަނީ ޝުކުރު އަދާކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް