ގެއްލުނު މީހާ ފަޅުރަށެއްގައި ހުއްޓާ ފެނިއްޖެ

ބ. ކެންދޫ

ބ. ކެންދޫގައި ރިޔަލު ދޯންޏެއްގައި ނުކުމެ އުޅެނިކޮށް ގެއްލުނު މީހާ އެރަށާ ކައިރި ފަޅު ރަށެއްގައި ހުއްޓާ ފެނިއްޖެއެވެ.

އޭނާ ފެނިފައިވަނީ ކެންދޫ ކައިރީގައި އޮންނަ ފަޅު ރަށެއް ކަމަށްވާ ކެޔޮދޫއިންނެވެ.

ގެއްލިގެން ހޯދީ އެރަށަށް ނިސްބަތްވާ ގާނޫނީ ވަކީލެއް ކަމަށްވާ އަބްދުﷲ އަލީ ކަމަށެވެ.

އޭނާގެ އުމުރަކީ 39 އަހަރެވެ.

ގެއްލިގެން ހޯދި ވަކީލް ކަނޑަށް ނުކުތީ ދެމީހުންނަސް ކިރިޔާ އެރޭވަރުގެ ކުޑަކުޑަ ދޯންޏެއްގައެވެ. އޭނާ އެ ކުޑަކު ދޯންޏެއްގައި ނުކުތީ ހިތްފަސޭހަ ކޮށްލުމަށެވެ.

ކެންދޫއިން "ސަން" އަށް މައުލޫމާތު ދިން މީހަކު ބުނީ ގެއްލުނު މީހާ ފެނުނީ ލޯންޗްތަކާއި ދޯނިތަކުން އެ ސަރަހައްދު ބަލައި އުޅުމުގެ ތެރޭގައި ކަމަށެވެ. އަދި އޭނާ މިހާރު ހޮސްޕިޓަލްއަށް ގެންދިއުމަށް ތައްޔާރުވަމުންދާކަމަށްވެސް ކެންދޫއިން ވާހަކަ ދެއްކި މީހާ ބުންޏެވެ

ގެއްލުނު މީހާ ފެނިފައިވަނީ މިރޭ 11:30 ކަން ހާއިރުއެވެ.

comment ކޮމެންޓް