ވީއައިއޭ އިން އަނެއްކާވެސް އެއާޓްރެފިކް ރެކޯޑު މުގުރާލައިފި

ވީއައިއޭގައި ބޯޓުތަކެއް -- ފޮޓޯ: ވީއައިއޭ

މިދިޔަ އާދިއްތަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަށް ޖެއްސި އަދި ފުރި ފްލައިޓުތަކުގެ އަދަދު 239 އަށް އަރާ ކަމަށާއި މިއީ އެއާޕޯޓުގެ ރެކޯޑެއް ކަމަށް ވީއައިއޭ ހިންގާ އެމްއޭސީއެލް އިން ބުނެފިއެވެ.

އެމްއޭސީއެލް އިން އިއްޔެ ބުނީ އާދިއްތަ ދުވަހު 101 އިންޓަނޭޝަނަލް މޫމަންޓްސް އަދި 121 ޑޮމެސްޓިކް މޫމަންޓްސް ވީއައިއޭގައި ރެކޯޑު ކުރެވިފައިވާ ކަމަށެވެ.

މިދުވަސްވަރަކީ ފަތުރުުވެރިކަމުގެ ޕީކް ސީޒަނަށްވެފައި، ބޮޑު ޗުއްޓީ ކަމަށް ވުމުން އެއާޕޯޓުގެ އޮޕަރޭޝަން އަށް ބާރު ބޮޑެވެ. ހާއްސަކޮށް އާދިއްތަ ދުވަހަކީ އެއާޕޯޓަށް ބާރު ބޮޑު ދުވަހެކެވެ.

މިދިޔަ އާދިއްތަ ދުވަހު ވީއައިއޭ އިން ޓްރެފިކް ރެކޯޑު ހަދާފައިވާއިރު ރަންވޭގެ މަސައްކަތެއް ކުރުމަށް އެދުވަހު ދެފަހަރެއްގެ މަތިން ރަންވޭ ވަނީ ބަންދުވެސް ކޮށްފައެވެ.

މިއަހަރުގެ ފެބްރުއަރީ މަހު އަދި މިމަހުގެ އެއްވަނަ ދުވަހަކީވެސް ވީއައިއޭގެ ޓްރެފިކް މޫމަންޓްސް ރެކޯޑު އަދަދަކަށް އިތުރުވި ދެ ދުވަހެވެ.

comment ކޮމެންޓް