ފަނޑިޔާރު ޝުޖާއުއަށް އިންޒާރުދިން މީހާ ދޫކޮށްލައިފި

ޖުލައި 24، 2018: ހައިކޯޓްގެ އިސް ފަނޑިޔާރު ސުޖާއު އުސްމާން--- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހައިކޯޓްގެ އިސް ފަނޑިޔާރު ސުޖާއު އުސްމާންއަށް މަރުގެ އިންޒާރު ދިން މީހާ ދޫކޮށްލައިފިއެވެ.

ޗުއްޓީ ދަތުރެއްގައި ކ. މާފުށީގައި ހުންނަވަނިކޮށް ފަނޑިޔާރު ސުޖާއު އުސްމާންއަށް އިންޒާރު ދިން މީހާ ހައްޔަރުކުރީ މިއަދުއެވެ.

އެ މައްސަލައިގައި ހައްޔަރުކުރީ 50 އަހަރުގެ ފިރިހެނެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިންޒާރު ދިން މީހާ ދޫކޮށްލީ ވަކި ޝަރުތުތަކާއެކު ކަމަށެވެ. ނަމަވެސް އެއީ ކޮން ޝަރުތުތަކެއްކަމެއް ވަނީ ނޭނގިފައެވެ.

ސުޖާއު އުސްމާންއަށް މަރާލާނެ ކަމަށް ބުނެ އިންޒާރު ދިނީ އޭނާ މާފުށީ މެޖިސްޓްރޭޓާ އެއްކޮށް ކެފޭއެއްގައި ކޮފީއެއް ބޯން އިންދާ އެތަނަަށް އައި މީހެކެވެ.

އެ މައްސަލަ ފަނޑިޔާރު ޝުޖާއު އުސްމާން ފުލުހުންނަށް ވެސް ހުށަހެޅުއްވި އެވެ. އަދި ހައި ކޯޓްގެ ފަރާތުން ވެސް އެކަން ފުލުހުންގެ ސަމާލުކަމަށް ގެނަ އެވެ.

މީހުންނަށް ބިރުދެއްކުމާއި މަރުގެ އިންޒާރުދިނުމަކީ އަލަށް ފާސްކުރި ގާނޫނުގެ ދަށުން ޓެރެރިޒަމްގެ އަމަލެކެވެ. އެފަދަ މައްސަލަތަކުގައި ބައެއް މީހުން ވަނީ ހައްޔަރުވެސް ކޮށްފައެވެ.

comment ކޮމެންޓް