މޯލްޑިވިއަން އިން ބެންކޮކަށް ހާއްސަ ޕެކޭޖެއް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މޯލްޑިވިއަންގެ ފްލައިޓެއް -- ސަން ފޮޓޯ: ފަރީޙާ އަބްދުﷲ

މޯލްޑިވިއަން އިން ބެންކޮކަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ޕެކޭޖެއް އެ އެއާލައިނުން ތައާރަފުކޮށްފި އެވެ.

އެ އެއާލައިނުން ބުނީ މިމަހު 23 އިން އަންނަ މަހުގެ 10 ގެ ނިޔަލަށް ދަތުރުކުރާ ފަސިންޖަރުންނަށް ހާއްސަ އަގެއްގައި ބެންކޮކު ޓިކެޓު ވިއްކަން ފަށާފައިވާ ކަމަށެވެ.

މާލެ - ބެންކޮކް ދެކޮޅު ޓިކެޓު މޯލްޑިވިއަން އިން ވިއްކަނީ 4918.98 ރުފިޔާ (319 ޑޮލަރު) އަށެވެ.

މޯލްޑިވިއަން އިން އެކި ދުވަސްވަރާ ދިމާކޮށްއެ އެއާލައިން އިން އުދުހޭ މަންޒިލުތަކަށް ހާއްސަ ފެއާތައް ތައާރަފު ކުރެއެވެ.

މޯލްޑިވިއަން އިން ދަނީ އިންޑިއާގެ ބައެއް ސިޓީ ތަކާއި ޗައިނާގެ ބައެއް ސިޓީތައް އަދި ބަންގްލަދޭޝް އަށްވެސް ދަތުރުތައް ބާއްވަމުންނެވެ.

މީގެ އިތުރުން މާމިނގިލި ފިޔަވައި ރާއްޖޭގެ ހުރިހާ އެއާޕޯޓަކަށް ވެސް މޯލްޑިވިއަން އިން ދަތުރުތައް ބާއްވައެވެ.

މޯލްޑިވިއަންއިން ބެންކޮކަށް ދަތުރުތައް ފަށާފައިވަނީ 2015ވަނަ އަހަރުގެ މާޗުމަހުގެ 20 ވަނަ ދުވަހުއެވެ. މިިހާރުވެސް އެ އެއާލައިން އިން ހަފްތާއަކު ހަ ދަތުރު ބެންކޮކަށް ކުރެއެވެ.

comment ކޮމެންޓް