އެސްޓީއޯއިން ކުލަ ލައިދިނުމުގެ ހިދުމަތް ފަށައިފި

ކުލަ ލައިދިނުމުގެ ހިދުމަތް ފެށުމަށް 'ފިޔަވަތީގައި' ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަންފޮޓޯ/

އެސްޓީއޯ އިން އެތެރެކޮށް ވިއްކާ ނިޕޯން ޕެއިންޓް ގަތުމުން ގޭގައި ކުލަ ލައިދިނުމުގެ ހިދުމަތް ދޭން ފަށައިފިއެވެ.

ހުޅުމާލޭގައި ހުންނަ ފިޔަވަތި ކުޑަކުދިންގެ ހިޔާގައި ބޭއްވި ރަސްމިއްޔާތެއްގައި މި ހިދުމަތް ލޯންޗުކޮށްދެއްވީ ނިޕޯން ޕެއިންޓް ސިންގަޕޯ ގެ ސީނިއާ މެނޭޖަރު ހެންރީ ޔެންގް އެވެ.

މި ރަސްމިއްޔާތުގައި އެސްޓީއޯ އިން ވަނީ ފިޔަވަތީގައި ލާނެ ކުލަ ހަދިޔާކޮށްފައެވެ. އެތަނުގައި ކުލަ ލައިދިނުމުގެ ކަންތައްވެސް އެސްޓީއޯ އިން ކޮށްދޭނެއެވެ.

ކުލަ ލައިދިނުމުގެ ހިދުމަތް ފެށުމަށް 'ފިޔަވަތީގައި' ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަންފޮޓޯ/

އެސްޓީއޯ އިން ބުނީ އެކުންފުނިން ނިޕޯން ޕެއިންޓް ވިއްކާތާ 20 އަހަރުވީއިރު ކުލަ ލައިދިނުމުގެ ހިދުމަތަކީ ކަސްޓަމަރުންނަށް ލުއި ފަސޭހައަކަށް ދޭން ފަށާ ހިދުމަތެެއް ކަމަށެވެ. ކުލަލުމުގެ ހިދުމަތް ދޭއިރު ގޭތެރޭގައި ހުންނަ ސާމާނަށް ގެއްލުން ނުވާނެހެން ކަވަރު ކުރާނެ ކަމަށާއި ކުލަ ލުމަށްފަހު އަލުން ފަރުނީޗަރު އަތުރައިވެސް ދޭނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

ނިޕޯން ޕެއިންޓް ސިންގަޕޯ ގެ ސީނިއާ މެނޭޖަރު ހެންރީ ޔެންގް ވިދާޅުވީ ނިޕޯން ޕެއިންޓަކީ ބާޒާރުގައި ކަސްޓަމަރުންގެ ޔަގީންކަން ހޯދާފައިވާ ކުލައެއް ކަމަށާއި ރާއްޖޭގައި ފެށި މި ހިދުމަތާއެކު ކަސްޓަމަރުންނަށް ލިތުރު ލުޔެއް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

comment ކޮމެންޓް