ރައްޔިތުންގެ އިންތިޒާރު ނިމުމަކަށް، ބީއެމްއެލްގެ ބްރާންޗެއް ވެލިދޫގައި ހުޅުވައިފި

ވެލިދޫގައި ހުޅުވި ބީއެމްއެލްގެ ސެލްފް ސާވިސް ސެންޓަރު -- ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސެލްފް ސާވިސް ބޭންކިންގެ ބްރާންޗެއް ނ އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށް ވެލިދޫގައި ހުޅުވައިފި އެވެ.

މިއީ އެ ރަށުގެ ރައްޔިތުން ޒަމާނުއްސުރެ އެދެމުން އައި ކަމެކެވެ.

ވެލިދޫގައި ހުޅުވި ސެލްފް ސާވިސް ސެންޓަރާއެކު ނ. އަތޮޅުގައި ބީއެމްއެލް އިން ބޭންކިންގެ ހިދުމަތް ދޭ ތިން ބްރާންޗާއި، ތިންސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ އިތުރުން މީހުން ދިރިއުޅޭ ރަށްރަށުގައު ކޭޝް އޭޖަންޓުން މެދުވެރިކޮށް ހިިދުމަތް ލިބޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެމް އިން ބުނީ ސެލްފް ސާވިސް ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ މިހާރު ގާއިމް ކުރެވިފައިވާ ބްރާންޗުގެ ސެލްފް ސަވިސް ބޭންކިން ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ދިނުން ކަމަށެވެ.

ވެލިދޫ ގައި ހުޅުވި އާ ބްރާންޗުން އެކައުންޓް ހުޅުވުމާއި، ޕާސަނަލް އަދި ބިޒްނަސް ލޯނަށް އެދި ހުށަހެޅުމުގެ އިތުރުން ކްރެޑިޓް އަދި ޑެބިޓް ކާޑުގެ ހިދުމަތަށް އެދި ހުށަހެޅުމުގެ ހިދުމަތް ދޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

މި ހިދުމަތާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ ޓިމް ސޯޔާ ވިދާޅުވީ އާ ބްރާންޗު މެދުވެރިކޮށް ވެލިދޫގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ބޭންކިން ހިދުމަތް ފޯރުކޮށްދިނުމަކީ މުޅި ރާއްޖެ އަށް އަމާޒުކޮށް ބޭންކިން ހިދުމަތް ފުޅާކޮށް، ފަރުދުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާއެކު ހިދުމަތް ލިބޭނެ ގޮތް ހެދުމަށް ބޭންކުން ފަށާފައިވާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 50 ސެލްފްސާވިސް ބޭންކިން ސެންޓަރު، 115 އޭޓީއެމް، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭނުންކުން ބުންޏެވެ.

comment ކޮމެންޓް