އެއްކުރާ މައުލޫމާތުތަކުގެ އުދާސްތަކާ އެކު "ޓޯކް ޑޭޓާ އެމްވީ"އަށް!

ރާއްޖޭގެ އެކި ދާއިރާތަކުން ޖަމާކޮށް ރައްކާތެރިކުރާ މައުލޫމާތުތަކާ ގުޅިގެން ސޯޝަލް މީޑިއާގައި އާންމުންގެ ނުތަނަވަސްވުންތަކާއި އުދާސްތައް ހިއްސާކުރަން ފަށައިފި އެވެ.

ރައީސް އޮފީހުގެ ޗީފް ޓެކްނޮލޮޖީ އޮފިސަރުގެ މަގާމަށް ދާދި ފަހުން އައްޔަނު ކުރި ހާމިދު ޝަފީއު ވަނީ ޓުވިޓާގައި ހާއްސަ ތްރެޑެއް ފަށައިފަ އެވެ. "ޓޯކް ޑޭޓާ އެމްވީ"ގެ ނަމުގައި ހާއްސަ ހޭޝްޓެގެއް ބޭނުންކޮށްގެން ހާމިދު ފެށީ އެއްކުރާ މައުލޫމާތު ނުވަތަ ޑޭޓާ އާ ގުޅޭ ވާހަކަތައް އާންމުންގެ ފަރާތުން އޮޅުން ފިލުވައި ސާފުކުރުމަށެވެ.

ހާމިދުގެ ތުރެޑު ފަށާފައި ވަނީ ޑޭޓާ އާ ގުޅޭ ގޮތުން މައުލޫމާތު ދެމުންނެވެ. އަދި އެފަދަ ޑޭޓާތައް ރައްކާކުރުމާއި އެތަކެތި ބޭނުންކުރުމުގައި ސަރުކާރުން ކުޅޭނެ ރޯލާ ގުޅޭ ގޮތުން އޭނާ އަލިއަޅުވާލާފައިވެ އެވެ.

ހާމިދު ސުވާލު އުފައްދާފައި ވަނީ އާންމުންނަށް ބޭނުން ވަނީ ކޮންކަހަލަ ޑޭޓާއެއް ކަމާ ގުޅޭ ގޮތުންނެވެ. އަދި އަޕްޑޭޓުކުރަން ޖެހޭނެ ޑޭޓާތަކާ ގުޅޭ ގޮތުން ވެސް އޭނާ ސުވާލު އުފެއްދެވި އެވެ. އެއާ އެކު އާންމުންގެ އުދާސްތައް ސޯޝަލް މީޑިއާއަށް ބަންޑުންކޮށްލި އެވެ.

އެއްބައި ފަރާތްތަކުން ބުނެފައި ވަނީ ރާއްޖޭގެ އެކި މުއައްސަސާތަކުން ޑޭޓާ ހޯދުން އުނދަގޫ ކަމަށާއި އެ މައުލޫމާތުތަކަކީ ފަސޭހައިން ނުލިބޭ އެއްޗެއް ކަމަށެވެ. އަދި ގިނަ ފަހަރަށް މައުލޫމާތުތައް އަޕްޑޭޓު ވެފައި ނުހުންނަ ކަމަށް އެއްބައި ފަރާތްތަކުން ފާހަގަކޮށްފައިވެ އެވެ.

"ތިމާވެއްޓާ ގުޅޭ ޑޭޓާ ވަރަށް މަދު ކަމަށް ފާހަގަކުރެވޭ. އަދި ހާއްސަކޮށް ޖޯގްރަފީއާ ގުޅުން ހުރި މައުލޫމާތުތައް. އަދި މި ޑޭޓާތަކަށް އެކްސެސް ވާން ވެސް ވަރަށް އުނދަގު،" ޓުވިޓާގެ ޔޫސަަރެއްގެ ހިތްހަމަނުޖެހުން ފާހަގަކުރި އެވެ.

އަދި އާންމުންގެ ރައްކާތެރިކަން ދެމެހެއްޓުމަށް ޓަކައި ޕްރައިވެސީ އާ ގުޅުން ހުރި ގާނޫނުތައް ހަދައި ގާނޫނުތައް ވަރުގަދަ ކުރަން ޖެހޭ ކަމަށް ބައެއް ފަރާތްތަކުން ވަނީ އިޝާރާތްކޮށްފަ އެވެ.

comment ކޮމެންޓް