ޖެލީއިން ޕިއްޒާއެއް ގަނެގެން ބައިލައްކަ ރުފިޔާ!

ހެންވޭރުގައި ހުންނަ ޖެލީގެ އައުޓްލެޓް-- ފޮޓޯ/ޖެލީ

ޖެލީއިން ޓޭކްއަވޭ ޕިއްޒާއެއް ގަނެގެން ބައިލައްކަ ރުފިޔާ ހޯދުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެ ޕްރޮމޯޝަނާ ގުޅޭގޮތުން ޖެލީގެ މާކެޓިންގް މެނޭޖަރު އައިމިނަތު ތާނިޝް އާދިލް "ސަން"އަށް ވިދާޅުވީ، ސްކޫލް ބަންދާ ދިމާކޮށް ޑިސެމްބަރު 4 އިން ފެށިގެން ޖެނުއަރީ 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ ޕްރޮމޯޝަންގައި ޓޭކްއަވޭ އުސޫލުން ޕިއްޒާއެއް ގަންނަ ކޮންމެ ކަސްޓަމަރަކަށް ވެސް ބައިވެރިވެވޭނެ ކަމަށެވެ.

"ޕިއްޒާ ގަތީމަ ލިބޭ ބިލްކޮޅު، ހެންވޭރުގައި ހުންނަ ޖެލީ ޓޭކްއަވޭ އައުޓްލެޓް ނުވަތަ މާފަންނުގައި ހުންނަ ޖެލީގެ ދަ ޑޯ ރެސްޓޯރެންޓްގައި ބަހައްޓާފައި ހުންނަ ފޮށްޓަށް ވައްޓާލީމަ ޕްރޮމޯޝަންގައި ބައިވެރިވެވުނީ. ބިލްކޮޅުގައި އޮންނަންވާނެ ކަސްޓަމަރުގެ ނަމާއި ގުޅޭނެ ފޯނު ނަންބަރު އަދި ޖެލީން ޖަހާފައިވާ ޕެއިޑް ސްޓޭމްޕް." ތާނިޝް ވިދާޅުވި އެވެ.

އަންނަ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހު ޕްރޮމޯޝަން ނިމޭއިރު، ނަސީބުވެރި ފަރާތް އިއުލާނު ކުރުން އޮންނާނީ ޖެނުއަރީ 17 ވާ ހުކުރު ދުވަހުގައެވެ. އެ ރޭ 8 ޖަހާއިރު އޮންނަ ގުރުއަތު ނެގުމުގެ ހަފްލާ ފޭސްބުކް މެދުވެރިކޮށް ޖެލީން ލައިވް ކުރާނެ ކަމަށް ތާނިޝް ވިދާޅުވި އެވެ.

ހެންވޭރުގައި ހުންނަ ޖެލީގެ އައުޓްލެޓް-- ފޮޓޯ/ ޖެލީ

މީގެ އިތުރުން ތާނިޝް ވިދާޅުވީ މިހާރު ވެސް ހަތަރު އައުޓްލެޓް އޮޕަރޭޓް ކުރަމުންދާ ޖެލީގެ އޮޕަރޭޝަންތައް އަންނަ އަހަރުގެ ތެރޭގައި ހުޅުމާލެއަށް ފުޅާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަންނަ އަހަރުގެ މެދު ތެރޭގައި ހުޅުވާ އެ އައުޓްލެޓަކީ ހުޅުމާލޭ ބީޗް ފްރަންޓްގައި ހުޅުވާ އައުޓްލެޓެކެވެ.

comment ކޮމެންޓް