"ނޮވެންބަރު"ގެ ޝޫޓިން އައްޑޫގައި

އަންނަ އަހަރު ސްކްރީނު ކުރުމަށް ހަމަޖެހިފައިވާ ޑާކްރެއިންގެ ނޮވެންބަރުގެ ޝޫޓިން އަށް ތަރިން އައްޑޫ އަށް ފުރައިފި އެވެ.

ސިންގަޕޫރުގައި ފިލްމުގެ މަންޒަރުތައް ޝޫޓްކޮށް ނިންމުމަށް ފަހު ބައެއް މަންޒަރުތައް އައްޑޫގައި ޝޫޓްކުރުމަށް ފިލްމުގެ ތަރިން ފުރާފައި ވަނީ އިއްޔެ އެވެ.

ދިހަ ދުވަހުގެ މުއްދަތަކަށް ފިލްމުގެ މަންޒަރުތައް އައްޑޫގައި ނެގުމަަށް ހަމަޖެހިފައިވާ ކަމަށް ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ސަން އަށް ބުންޏެވެ.

މަރިޔަމް މަޖުދާ އަދި ޖުމައްޔިލް ނިމާލު ލީޑު ރޯލުން ފެނިގެންދާ އެ ފިލްމުގެ ސްކްރިޕްޓް ތައްޔާރުކޮށްފައި ވަނީ އައިޝަތު ފުއާދު އަދި އަހްމަދު ތޮލާލު އެވެ. އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރާ "ނޮވެމްބަރު"ގެ ޕްރޮޑިއުސަރުންނަކީ މޮގާ އަދި އައިޝަތު ފުއާދެވެ.

އެ ފިލްމަކީ ލޯބީގެ ރަހަތައް އެކުލެވިގެންވާ ފިލްމެކެވެ.

comment ކޮމެންޓް